އަންނަ ބޮޑު އީދު ބަންދާ ދިމާކޮށް ބީކޭ ގްރޫޕުން އިންތިޒާމުކޮށްގެން އޭދަފުށީގައި ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށިއިފިއެވެ.
މުބާރާތް ހުޅުވި މެޗްގައި ފުރަތަމަ ބައްދަލުކުރީ ކްއީންސް ކްލަބާއި ފްރެންޑްސް ޓީމެވެ. މި މެޗް ކްއީންސް ކްލަބުން ކާމިޔާބުކުރީ 16-18 ގެ ނަތީޖާއަކުންނެެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗްގައިި ބައްދަލުކުރީ އެމް.އޭ ޔުނައިޓެޑް އާއި އިރުމަތި ލަވާރސް ޓީމެވެ. މި މެޗް ފަސޭހަކަމާއެކު 3-50 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމް.އޭ ޔުނައިޓެޑް އެވެ.
މި މުބާރާތުގެ މެޗްތައް މިއަދު ހަވީރުވެސް ކުރިޔަށްދާނެއެވެ.
8 ޓީމެއް ބައިވެެރިވި މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.