ހައި ސްޕީޑް ލޯންޗުގެ ޚިދުމަތް އަތޮޅުތަކަށް ދޭން ފެށުމަށް އެމްޓީސީސީން ނިންމައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔާތު ވިދާޅުވީ އަތޮޅުތަކުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނައިރު، ފަތުރުވެރިންނަށް އަމާޒްކޮށްގެންނާއި އަދި އާއްމު ރައްޔިތުންނަށް ހައި ސްޕީޑް ލޯންޗް ޚިދުމަތްދޭން ފެށުމަށް ނިންމާފައިވާކަމަށެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ފަސް ޒޯނެއްގައި ފެރީގެ ޚިދުމަތް ދެމުންނެވެ. އެ ކުންފުނީގެ ފެރީގެ ޚިދުމަތް ދުވާލަކު ސަތޭކަ ހަތްހާސް މީހުން ބޭނުން ކުރެއެވެ.