ފޭލިން އަތޮޅު ހޮސްޕިޓަލަށް ޕޭޝަންޓް ބެޑެއް ހަދިޔާކޮށްފި

ފޭލިން ހަދިޔާކުރި ޕޭޝަންޓް ބެޑްގެ ލިޔުމާ، އެ ޖަމިއްޔާގެ ފައުންޑާ މެންބަރު އަބްދުއްރައްޒާޤު، މުހައްމަދު ޑިރެކްޓަރު އަހމްަދު ވަހީދާ ހަވާލުކުރައްވަނީ.– ފޮޓޯ: ފޭލި

ބ. އަތޮޅު ހޮސްޕިޓަލަށް ފޭލި ޖަމިއްޔާއިން މިއަދު ބަލިމީހުން އެޑްމިޓް ކުރާ އެނދެއް (ޕޭޝަންޓް ބެޑް) އެނދެއް ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ހަވީރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ޖަމިއްޔާގެ ފައުންޑާ މެންބަރު އަބްދުއްރައްޒާޤު މުހައްމަދު ވަނީ، އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދުއާ ބެޑް ހަވާލުކުރައްވައިފަ އެވެ.

ފޭލި ޖަމިއްޔާއިން ބުނީ މިއީ އެޖަމިއްޔާގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން އަތޮޅު ހޮސްޕިޓަލަށް ހަދިޔާކުރި ބެޑެއްކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަގަދައްކަމުން ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ވިދާޅުވީ ފޭލި ޖަމްއިއްޔާއިން ހޮސްޕިޓަލަށް ދެއްވި އެހީއަކީ މިވަގުތު އެ ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު އެހީ އެއްކަމަށެވެ.

އަދި މިފަދަ ކަންކަން އެހެން ޖަމްއިއްޔާތަކުންވެސް ކުރެއްވުމަކީ ހޮސްޕިޓަލަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި ފޭލިން މިއަދު އެ ދެއްކި ނަމޫނާ އެހެން ޖަމްއިއްޔާތަކުން ބެލުމަށް ވަހީދު އެދިވަޑައިގެންނެވި އެވެ.

ފޭލި ޖަމިއްޔާއިން އަންނަނީ އޭދަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. އެގޮތުން މިރަށު ބަހިއްޔާ ޕްރީ ސްކޫލު އިމާރާތް ކުރުމާއި ސްކޫލު ޑިޖިޓަލްކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ފަންނީ މީހުން ބިނާކުރުމުގެ ގޮތުން ހިލޭ ސާބަހަށް ތަފާތު ކޯސްތައްވެސް ހިންގާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.