މޫސުމަށް ސަމާލުވޭ، ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ!

އޭދަފުށީގެ މަގެއްގައި ފެންބޮޑުވެފައި ވަނިކޮށް ސައިކަލް ތަކެއްގައި ޒުވާނުންތަކެއް ދަނީ | އީޓީ ފައިލް ފޮޓޯ

ކުރިޔަށް އޮތް 24 ގަޑިއުރު އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހި، ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން މިދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ “އަޕަރ ލެވެލް ސައިކްލޯނިކް ސަރކިއުލޭޝަން”ގެ ސަބަބުން ކުރާ ވިއްސާރަކަމަށެވެ. މި ވިއްސާރައާ ގުޅިގެން ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މި ވިއްސާރާގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. އާންމުގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ލަފާކުރެވެ އެވެ.

އަދި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 3 ދުވަހަށްވެސް ދިގުދެމިގެންދާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ

ކުރިޔަށް އޮތް 24ގަޑިއިރު ވެސް މުޅި ރާއްޖެއަށް ވިއްސާރަކޮށް ކަނޑު ގަދަވާނެކަމަށް ކަމަށް ލަފާކުރެވޭތީ އީދު ޗުއްޓީގައި ދަތުރުފަތު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.