ގްރޫޕް އޭގެ އެއްވަނަ ސައިނޯސާ އަށް ލިބުނު އިރު ސެމީގެ ފަހު ޖާގަ ވެލާ ސިޓީއަށް

މިއަދު ހެނދުނު ސައިނޯސާ އާއި އެންޖޯއި ފްރެންޑްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޭގެ އެއްވަނަ ސައިނޯސާ އަށް ލިބުނު އިރު ސެމީގެ ފަހު ޖާގަ ވެލާ ސިޓީން ކަށަވަރުކޮށްފިއެވެ.

މި މުބާރާތުގައި ގްރޫޕް އޭ ގެ ފަހު މެޗްގައި މިއަދު ހެނދުނު ބައްދަލުކުރީ ވާދަވެރި 2 ޓީމްކަމަށްވާ ސައިނޯސާ އާާއި އެންޖޯއި ފްރެންޑްސްއެވެ. މި މެޗް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައިނޯސާ އެވެ. މެޗްގެ 12 ވަނަ މިނިޓްގައި ސައިނޯސާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗިންދާ ކަކާއެވެ. އަނެއްކާ އޭގެ 5 މިނިޓް ފަހުން ސައިނޯސާ ޓީމުގެ ޒުވާން ފޯވާޑް މިމްރާހް ވަނީ އިތުރު ލަނޑެއް ސައިނޯސާ އަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. ބޯކޮށް ވާރޭ ވެހެމުންދިޔަ ގަޑިއެއްގައި ކުޅުނު މި މެޗްގައި އެންޖޯއި ފްރެންޑްސް އިން ކާމިޔާބުުކުރި ހަމައެކަނި ލަނޑު އެޓީމަށްކާމިޔާބުކޮށްދިނީ އަލީ މާޒިން އެވެ. ސައިނޯސާ އަށް ފަހު ލަނޑު މެޗްގެ 64 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހުސައިން ސިމާޒް (ކޮކީ)އެވެ. މި ނަތީޖާއާއެކު ސައިނޯސާއަށް ވަނީ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުުރުކޮށްފައެވެ. ސެމީ ފައިނަލުގައި ހެނދުނު ސައިނޯސާ ނިކުންނާނީ ވެލާ ސިޓީ އާއި ދެކޮޅަށެވެ.

މިއަދު ހަވީރު ވެލާ ސިޓީ އާއި ޑައުންޓައުން ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ބައްދަލުކުރީ ވެލާ ސިޓީ އާއި ޑައުންޓައުން އެވެ. މި މެޗް 0-2 ގެ ނަތީޖާއަކުން ވެލާ ސިޓީން ކާމިޔާބުކޮށް ސެމީގެ ފަހު ޖާގަ ވަނީ ޔަގީންކޮށްފައެވެ. ވެލާ ސިޓީއަށް މި މެޗްގައި ލަނޑުތަށް ކާމިޔާބުކޮށްދިނީ އަލީ ޝާފިއު އަދި އިސްމާއިލް ފައުޒީއެވެ. މިއަދުގެ މެޗްގައި ކުޅުނު ޑައުންޓައުން އެފްސީ ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު 2 މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

މި މުބާރާތުގައި މާދަމާ ކުރިޔަށްދާނީ ސެމީ ފައިނަލުގެ މެޗްތަކެވެ. ސެމީ ފައިނަލުގެ މެޗްގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި ހުސްސޮގުންނެެވެ. ހެނދުނު އޮންނަ މެޗްގައި ބައްދަލުކުރާނީ ސައިނޯސާ އާއި ވެލާ ސިޓީއެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.