އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް މި މަހު 21 ގައި

މިދިޔަ އަހަރު ބޭއްވި އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާޓުގެ ތެރެއިން. މިއަހަރުގެ މުބާރާޓް މިމަހު 21 ގައި ފަށާނެ
މިދިޔަ އަހަރު ބޭއްވި އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާޓް މިމަހު 21 ގައި ފަށާނެ

 

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖޫން 21 އިން ޖުލައި 5 އަށް ބާއްވަން ނިންމައިފި އެވެ.

މިއަތޮޅު ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ރިސޯޓްތަކަށް ހުޅުވާލިއިރު މިއަހަރު ހަ ރިސޯޓަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ސޮނޭވާ ފުށި، ރޯޔަލް އައިލެންޑް ރިސޯޓް، ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު، އަނަންތަރާ ކިހަވައް ވިލާސް އަދި ޑުސިޓް ތަނީ މޯލްޑިވްސް މޫއްދޫ އައިލެންޑްގެ އިތުރުން މިއަހަރު އަލަށް މި މުބާރާތުގައި ބައިވެރިވި ކިހާދު މޯލްޑިވްސް (ކިހާދުއްފަރު) އެވެ.

ސީސީ އިން ބުނީ މުބާރާތަށް ސްޕޮންސަރުން ހޯދުމާއި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ސީސީ ން ބުނީ، މިއަހަރުވެސް އެންމެ ބޮޑު އަމާޒަކީ ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތެއް ބޭއްވުން ކަމަށެވެ.

ޑުސިޓް އަތުން 0-1 އިން އިން މޮޅުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނެވާފުށީ ރިސޯޓް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.