ބީއެމްއެލް އިން އިންޓަނެޓް ބޭންކިންއަށް ހޭލުންތެރިކުރަން ކެމްޕޭނެއް ފަށައިފި

އިންޓަނެޓް ބޭންކިންއަށް އަހުލުވެރިކުރަން ބީއެމްއެލް އިން ހިންގާ ކެމްޕޭންގައި ސ. ހުޅުދޫގައި މިއަދު ކުރިޔަށް ގެންދާ ރޯޑު ޝޯގައި ކަސްޓަމަރުންނަށް މައުލޫމާތު ދެނީ. ފޮޓޯ: ބީއެމްއެލް

‎‎އިންޓަނެޓް ބޭންކިންއަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް ބީއެމްއެލް އިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެއް މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ކެމްޕޭންގެ ހަރަކާތްތައް އެ ބޭންކުގެ ހުރިހާ ބްރާންޗްތަކުން ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން މި ކެމްޕޭންގެ ފުރަތަމަ ހަރަކާތްތައް ބާއްވާފައި ވަނީ ސ. ހުޅު މީދޫގަ އެވެ.

ބީއެމްއެލް އިން ބުނީ މިމަހުގެ 30ގެ ނިޔަލަށް ކުރިޔަށް ގެނަދާ އެ ހަރަކާތުގެ ދަށުން ހާއްސަ ރޯޑް ޝޯތަކެއް ރާއްޖޭގެ އާބާދީ ބޮޑު އެކި ރަށްރަށުގައި ކުރިޔަށްދާނެ ކަމަށެވެ. އެ ރޯޑު ޝޯގައި އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ދިނުމާއި އެޕްލިކޭޝަން ބަލައިގަތުން ވެސް ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ.

“އެ ރޯޑް ޝޯތަކުގައި ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީކުރުމުގެ އިތުރުން ކާޑު އެޕްލިކޭޝަންތައް ވެސް ބަލައިގަންނާނެ،” ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިންއަކީ އެންމެ ފަސޭހައިން މުސާރަ ޖަމާވި ގޮތް ބެލުމުގެ އިތުރުން ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކު ހުރެގެން ފައިސާ މުއާމަލާތްކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ހިދުމަތެކެވެ. މި ޚިދުމަތް ބޭނުން ކުރާ ފަރާތްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.