ޝިހުބާން (ބައްޓޭ) 5 އަހަރަށް ސަސްޕެންޑްކޮށްފި

އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗަށްފަހު ހުސައިން ޝިހުބާން ހަމަނުޖެހުން ހިންގަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި މިހާރު ކުރެވެމުންދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗަށް ފަހު ހަމަނުޖެހުން ހިންގުުމުގެ ސަބަބުން އޭދަފުށި ޒުވާނުންގެ ކްލަބުގެ އެއްވެސް ހަރަކާތެއްގައި ކުރިއަށް އޮތް ފަސް އަހަރުދުވަހު ބައިވެރިނުވެވޭ ގޮތަށް ހުސެން ޝިހްބާން (ބައްޓޭ) ސަސްޕެންޑް ކޮށްފިއެވެ.

އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗަށްފަހު ހުސައިން ޝިހުބާން ހަމަނުޖެހުން ހިންގަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމަށްފަހު އީޓީއަށް މައުލޫމާތު ދެމުން މުބާރާތް ހިންގުމުގެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި ޝިހުބާން ފަސް އަހަރަށް ސަސްޕެންޑްކުރީ އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗް ނިމުމުން ޔުނައިޓެޑް ވީ ގެ ޖާޒީ ނަންބަރ 23 އަހުމަދު ނިޔާޒަށާއި މުބާރާތް އިންތިޒާމް ކުރާ ފަރާތުގެ އޮފިޝަލެއްގެ އިތުރުން އަދި ޔުނައިޓެޑް ވީ ގެ އިތުރު ކުޅުންތެރިއެއްގެ ގައިގައި ޖެހުމަށް އޭނާ މަސައްކަތް ކޮށްފައިވާތީ އެވެ.

” އަދި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިޔަކަށްވެ ހުރެ އެފަދަ އަމަލުތަކެއް އޭނާގެ ފާރާތުން ފެނިގެން ދިޔުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލަކަށްވާތީ އާއި ގްރޫޕް ސްޓޭޖްގައި ފުރަތަމަ ކުޅުނު ދެ މެޗުގައި ވެސް ރެފްރީގެ ނިންމުތަކަށް ދެކޮޅު ހެދުމުގެ ސަބަބުން”.

އެމް.އޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗަށްފަހު ހުސައިން ޝިހުބާން ހަމަނުޖެހުން ހިންގަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަދި 5 އަހަރަށްފަހުން މިފަދަ މުބާރާތެއްގައި ބައިވެރިވެ މިފަދަ އަމަލެއް ތަކުރާރުކޮށްފި ނަމަ އުމުރު ދުވަހަށް ހުސައިން ޝިހުބާން (ބައްޓޭ) ސަސްޕެންޑް ކުރާނެ ކަމަށް މައުލޫމާތުދިނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.