ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލާ ސިޓީ އާއި ހުސްސޮގުން

މިއަދު ހެނދުނު ސައިނޯސާ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލާ ސިޓީ އަދި ހުސްސޮގުން ދަތުރުކޮށްފިއެވެ.

މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ސައިނޯސާ އާއި ވެލާ ސިޓީއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ އެއްވަރު ވެފައިވާތީ ޕެނަލްޓީ ޖަހައިގެން 3-4 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ ވެލާ ސިޓީއެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސައިނޯސާއިންނެވެ. ސައިނޯސާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސްއެވެ. އެހެން ނަމަވެސް ދެވަނަ ހާފްގައި ވެލާ ސިޓީގެ ޝާހީ މޫސާ ވަނީ ވެލާ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ ގައި ވެލާ ސިޓީގެ ކީޕަރ 2 ޕެނަލްޓީ ހިފެހެއްޓި އިރު ސައިނޯސާގެ ކީޕަރަށް ހިފެހެއްޓުނީ އެންމެ ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު މި މުބާރާތުގައި މާދަމާ ހަވީރު ވެލާ ސިޓީ ފައިނަލުގައި ނިކުންނާނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވި ހުސްސޮގުން ޓީމާ ދެކޮޅަށެވެ.

މިއަދު ހަވީރު ހުސްސޮގުން އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ސެމީ ފައިނަލުގެ 2 ވަަނަ މެޗްގައި މިއަދު ހަވީރު ހުސްސޮގުން ޓީމް ނުކުތީ ޔުނައިޓެޑް ވީ އާ ދެކޮޅަށެވެ. މި މެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުސްސޮގުންނެވެ. ހުސްސޮގުން ޓީމަށް މި މެޗްގައި ލަނޑުތަށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އަދި އަހުމަދު ލަތީފްއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ފަށަނީ މާދަމާ ހަވީރު 15:50 ގައި އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.