އަންހެން ފުޓްސަލް: ފައިނަލަށް މަގޫ ސްޓާ އާއި ހުސްސޮގުން

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން

ކްލަބް ޑައުންޓައުން އިން އިންތިޒާމްކޮށްގެން އަޞްހާ އީދު ބަންދުގައި އޭދަފުށީގައި ކުރިޔަށްގެންދާ “ޑައުންޓައުން ވުމެންސް ފުޓްސަލް ޓޯނަމެންޓް 2017” ގެ ފައިނަލަށް އެންމެ ފަހުގެ ޗެންޕިއަން މަގޫ ސްޓާރ އާއި އެންމެ ފަހުގެ ރަނަރަޕް ހުސްސޮގުން ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރަން ހަމަޖެހިފައިއޮތީ އިރުމަތި ލަވާރސް އާއި މަގޫ ސްޓާރ އެވެ. އެހެންނަމަވެސް އިރުމަތި ލަވާރސް ފެމިނަ ޓީމުން މެޗަށް ހާޒިރުވެފައި ނުވާތީ މަގޫ ސްޓާރ އަށް ވަނީ ފައިނަލުން ޖާގައެއް ކަށަވަރުވެފައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗްގައި މިއަދު ބައްދަލުކުރީ ހުސްސޮގުން ޓީމާއި ފްރެންޑްސް ޓީމެވެ. މި މެޗް 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުސްސޮގުން ޓީމެވެ.

މި މުބާރާތުގެ 3 ވަނަ ސެމީގައި ބައްދަލުކުރީ ސެމީ ގެ ފުރަތަމަ މެޗަށް ހާޒިރުނުވި އިރުމަތި ލަވާރސް ފެމިނާ އާއި ސެމީގެ 2 ވަނަ މެޗުން މޮޅުވި ހުސްސޮގުން ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ފަހަަތުން އަރާ 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ހުސްސޮގުން ޓީމުންވަނީ ކަށަވަރުކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.