ސިއްހީ މަޢުލޫމާތު ދެނެގަތުމުގެ ސާވޭ އެއް ފަށައިފި

ސިއްހީ މަޢުލޫމާތު ދެނެގަތުމުގެ ސާވޭ މިއަދު އޭދަފުށީގައި ކުރިއަށްދަނީ- ފޮޓޯ/އޭދަފުށި ޓައިމްސް

ރާއްޖޭގެ ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ ސިއްހީ މަޢުލޫމާތު ދެނެގަތުމަށް ހެލްތު މިނިސްޓްރީން ކުރާ ސާވޭއެއް އޭދަފުށީގައި މިއަދު ފަށައިފި އެވެ.

“ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ” ގެ ނަމުގައި ކުރިއަށްގެންދާ މި ސާވޭއަކީ ބައިނަލްއަޤުވާމީ ފެންވަރެއްގައި އާބާދީ އާއި ސިއްޙަތާ ގުޅުން ހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްހީ ހާލަތާއި ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ސާވޭ އެކެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި މި ސާވޭގައި ގައި މައުލޫމާތު އެއްކުރެވޭނީ، ރާއްޖޭގެ ދަރިމައިވާ އުމުރުގެ ނުވަތަ 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންގެ ޞިއްޙަތާއި ގުޅުން ހުރި މަޢުލޫމާތުތަކާއި މައިންނާއި ޅަދަރިންގެ ޞިއްޙީ ޙާލަތު ވަޒަންކޮށްދޭ ތަފާސް ހިސާބުތަކެވެ.

ސިއްހީ މަޢުލޫމާތު ދެނެގަތުމުގެ ސާވޭ މިއަދު އޭދަފުށީގައި ކުރިއަށްދަނީ- ފޮޓޯ/އޭދަފުށި ޓައިމްސް

އަދި ދަރިމައިވުމުގެ ނިސްބަތާއި، ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި، ދަރިމައިވުމުގައި މީހުން އިޚްތިޔާރުކުރާގޮތާއި، އާއިލާ ރޭވުމުގައި ވަޞީލަތްތައް ބޭނުންކުރެވޭ ނިސްބަތާއި މައިންނާއި ޅަދަރިންގެ ޞިއްހީ ޚިދުމަތް ބޭނުންކުރެވޭގޮތާއި މިންވަރު މި ސާވޭގައި ދެނެގަންނާނެ އެވެ.

މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކާބެހޭ މައުލޫމާތު ލިބިފައިވާ މިންވަރާއި ބަލިތަކާމެދު ދެކޭގޮތާއި މީހުންގެ އަމަލުތައް ބަހައްޓާގޮތުގެ މަޢުލޫމާތު މިސާވޭ އިން ދެނެގަންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި މިސާވޭގައި އެނީމިއާ ހުރި މިންވަރު ދެނެގަތުމަށް އަންހެނުންނާއި ކުޑަކުދިންގެ ލޭ ޓެސްޓްކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ސާވޭއިން އެއްކުރެވޭ މަޢުލޫމާތުން ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އެހީއަކަށް ވެގެންދާނެ ކަމަށް ސާވޭ ޓީމުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.