އަންހެން ފުޓްސަލް ތަށި މިފަހަރު ވެސް މަގޫ ސްޓާރ އަށް

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޓްރޮފީ މަގޫ ސްޓާރ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރަށް ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މަގުމާ ސްޓާ ހޯދައިފި އެވެ.

އީދު ބަންދާ ގުޅުވައިގެން ޑައުންޓައުން ކްލަބުން ބޭއްވި މު މުބާރާތުގެ ޗެމްޕިއަންކަން މަގޫ ސްޓާއިން ހޯދީ މިރޭ އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ރަނާއަޕް ހުސްސޮންގުން ޓީމާ ބައްދަލުކޮށް 2-4 ލަނޑުން މޮޅުވެގެންނެވެ.

މިރޭގެ މެޗްގައި މަގޫ ސްޓާރ ޓީމުގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު ޒާހިޔާ އާއި ފަދުވާ ޒާހިރެވެ. ހުސްސޮގުން ޓީމުގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ފާތުމަތު ޝަފްނާ އަދި އަރީޝާ ރިޒާއެވެ.

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލާއި ތަށި ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހްމާން ބ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ނަސްރާ އެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި ފަހަރުގެ މުބާރާތުގައި މަގޫ ސްޓާރ އަށް މޮޅު ކުޅުމެއް ދައްކަމުން އައި އަންހެން ގައުމީ ޓީމުގެ ކެޕްޓަން ކުޅުންތެރިއާ އާމިނަތު ޒާހިޔާ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ފަދުވާގެ އިތުރުން އެޓީމުގެ އައިމިނަތު ޒާހިޔާ އާއި ހުސްސޮގުން ޓީމުގެ އައިޝަތު މާހިން، މަރިޔަމް ލީޝާ އަދި އިރުމަތި ލަވާރސް ޓީމުގެ އައިމިނަތު ޝާމިލާއެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މަގޫ ސްޓާރ ޓީމުގެ ކެޕްޓަން އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެވެސް ކެޕްޓަން ފަދުވާ ޒާހިރެވެ. އޭނާ ވަނީ މި މުބާރާތުގައި 14 ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފްރެންޑްސް ޓީމެވެ.

ޑައުންޓައުން އޮފިޝަލަކު ބުނީ މި މުބާރާތުގެ ބޭނުމަކީ އީދު ޗުއްޓީގެ ތެރޭގައި ރަށުގެ ޒުވާން އަންހެންކުދިންގެ މެދުގައި އެކުވެރިކަން އާލާކޮށް އަންހެން ފުޓްސަލްގެ ހުނަރު ތަރައްގީކުރުން ކަމަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާ ދީފަ އެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯ އެވެ. މީގެ އިތުރުން ރެޑްވޭވް އިން ވެސް މުބާރާތަށް އެހީވެދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.