ދިރާގުން ކުރު ފިލްމު އުފެއްދުމުގެ ޕްރޮގްރާމެއް ހިންގައިފި

ފިލްމު ހަދަން ދިން ޓްރެއިނިންގެ ތެރެއިން.– ފޮޓޯ: ދިރާގު

ދިރާގުން ޔޫއެންޑީޕީ އާއި ގުޅިގެން ކުރު ފިލްމު އުފެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މިދިޔަ އޮގަސްޓް 16 އިން 26 އަށް “ފިލްމު ފޯ ޗޭންޖް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުުރު ފިލްމު ޕްރޮޑަކްޝަން އާ ގުޅޭ ޓްރެއިނިން ޕްރޮގްރާމެކެވެ.

އެއް ހަފްތާގެ މުއްދަތައް 3 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިންނަށް ކިޔަވައިދީފައިވަނީ ފިލްމީ ދާއިރާގައި ދުވަސްވީ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އެޓާނަލް ޕިކްޗާސް، މަދޮށި އަދި ސްޓްރީކް ހިމެނެ އެވެ.ދިރާގުން ޔޫއެންޑީޕީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ކުރުފިލްމު އުފެއްދުމުގެ ޕްރޮގްރާމުގެ ތެރެއިން

މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނަށް ފިލްމުގެ ނެރޭޓީވް ބޭސިސް އާއި، ޑައިރެކްޝަން، ވީޑިއޯގްރަފީ އަދި ޕްރޮޑްކަޝަން އާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާއިރު ބައިވެރިންވަނީ ކުރު ފިލްމުތަކެއް އުފެއްދުމުގެ މަސައްކަތް ކޮށްފަ އެވެ. އެ ފިލްމުތައް ނިންމާ އާންމުކޮށް އެންމެނަށް ހުޅުވާލައިގެން ދައްކަންވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ފިލްމު ދައްކާނެ ސީދާ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

މީގެ އިތުރުން އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހާސިލްކުރަން ބައިވެރިން މަސައްކަތް ކުރާނެ ކަމަށާއި އެ ޕްރޮގްރާމަށްފަހު ބައިވެރިން ޕްލާސްޓިކް އާއި އޯޝަން، ތަފާތުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އަދި މުޖުތަމުގައި ޖިންސީ ހަމަހަމަކަން އޮންނަ މިންވަރުގެ މައްޗަށް ބިނާކޮށް ކުރު ފިލްމު އުފައްދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ބައިވެރިން އުފެއްދި ފިލްމުތައް އެޅުވުމަށްފަހު ސޯޝަލް މީޑިއާއަށް ފިލްމުތައް ދޫކޮށްލަން ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ފިލްމު އުފައްދަން ބޭނުންކުރާ ސާމާނުގެ ގޮތުގައި މޯބައިލް ފޯނާއި، ޓެބްލެޓް ބޭނުންކުރެވޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މި ޕޮގްރާމުގެ މަގުސަދަކީ މުޖުތަމައުގައި ހުންނަ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ބިނާކޮށް ފިލްމު އުފައްދަން ޒުވާނުންނަށް އެހިތެރިވެދީ ޒުވާނުން ބާރުވެރި ކުރުވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.