ބީކޭ ނެޓްބޯޅަ މުބާރާތް އެމްއޭ ޔުނައިޓެޑް ކާމިޔާބުކޮށްފި

އެމްއޭ ޔުނައިޓެޑް ތައްތާއެކު އުފާފާޅުކުރަނީ. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ޔުނައިޓެޑް ވީ ބަލިކޮށް ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން ބޭއްވި ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމްއޭ ޔުނައިޓެޑް ހޯދައިފި އެވެ.

އޭދަފުށީ ނެޓްބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެމްއޭ ޔުނައިޓެޑް ކާމިޔާބުކުރީ ޔުނައިޓެޑް ވީ އާ ވާދަކޮށް 25-23 ޕޮއިންޓުންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ވީގެ ފާތުމަތު ނައުފާ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔުނައިޓެޑް-ވީ ގެ އާމިނަތު އާލިޔާ އާއި، ނަޒުރާ ވަހީދު އާއި އެމްއޭ ޔުނައިޓެޑްގެ ޖުނައިނާ ޖާދުﷲ އާއި އައިޝަތު ޝަމްހާ އާއި މަރިޔަމް ސުހާނާ އަހްމަދު އާއި ކްއީންސް ކްލަބުގެ ރަޝާ ރިޒާ އާއި އެމްއޭ ޔުނައިޓެޑް ގާލްސްގެ މަރިޔަމް ލައިޝާ ޝަރީފް އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހާސިލްކުރީ އެމްއޭ ޔުނައިޓެޑްގެ ކޯޗު ހަލީމާ އަހްމަދު (ހައްލަމަ) އެވެ.

އެމްއޭ ޔުނައިޓެޑް ތައްތާއެކު އުފާފާޅުކުރަނީ. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލާއި ތަށި ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހްމާން އޭދަފުށީ ކައުންސިލުގެ މެންބަރު ޝަމްލާ އަބްދުﷲ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 3,000 ރުފިޔާ އަދި ރަނާ އަޕް ޓީމަށް 2,000 ރުފިޔާ ދީފަ އެވެ.

މުބާރާތުގެ ރަނާއަޕް ޓީމަށް ޓްރޮފީ ހަވާލުކޮށްދެނީ. އީޓީ ފޮޓޯ/ރާއިފް ޔޫސުފް

ނެޓްބޯޅަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށްފަހު ވަނީ ބީކޭ އިން ބޮޑުއީދުގައި ބޭއްވި މަސްރޭހުން އެއްވަނަ ހޯދި ޕަރިސް ޓީމަށްވެސް 3،000ރުފިޔާ އަދި ދެވަނަ ހޯދި އިރުދޭމާ ޓީމަށް 2،000ރުފިޔާ ދީފަ އެވެ. ތިންވަނަ ހޯދި ކުރުމަސް ޓީމަށް ދިނީ 1،000 ރުފިޔާ އެވެ.

މި މުބާރާތްތަކުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. މީގެ އިތުރުން ގޭޓްވޭ މޯލްޑިވްސް އާއި ފަސްމުގޫ އަދި ގޯފުޑް ކެފޭ އިން ވެސް މުބާރާތަށް އެހީވެދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.