ފެހެންދޫ ޖެޓީ ހަދަން ފަށައިފި

ފެހެންދޫ ޖެޓީ. އެރަށު ޖެޓި ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި: ފޮޓޯ/ޒުހުދާ

ބ. އަތޮޅުގައި އެންމެ އާބާދީ މަދު އަދި ލަފާފުރުމުގެ ކަންކަން އެންމެ އާދައިގެ ގޮތަކަށް ހުރި ފެހެންދޫ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ އެވެ. ފެހެންދޫ އާ އެކު ފުޅާދޫ ޖެޓީ ހަދަންވެސް އެމްއާރުޑީސީއާ ހަވާލުކުރީ މިއަހަރުގެ މާޗުމަހުގެ ތެރޭގަ އެވެ. ނަމަވެސް ފުޅަދޫ ޖެޓީގެ މަސައްކަތް އަދި ނުފަށަ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނިގޮތުގައި މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫގެ ދަށުގެ ފެހެންދޫ އާއި ފުޅަދޫގައި ޖެޓީ ހަދަން ކޮންމެ ރަށަކަށް 2.2 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޖެޓީ ހެދުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަހަރު މާޗު މަހު ބޭއްވި ރަސްމިއްޔާތުގައި އެމްއާރުޑީސީން މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވިދާޅުވީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖެޓީ ބޭނުން ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.