ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ފަންޑު ފޮއްޓެއް ބަހައްޓަނީ

މިއަންމާގައި، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހާލުގައި ޖެހެމުން އަންނަ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އޭދަފުށީ މާދަމާ ފަންޑް ފޮއްޓެއް ބަހައްޓަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އޭދަފުށީގައި ފަންޑުފޮށި ބަހައްޓަން ނިންމީ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ ރަހުމުކުޑަ އަނިޔާތަކުން ސަލާމަތްވުމަށް ޓަކައި ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖްރަ ކުރަމުންދާ ރޮހިންޔާގެ މުސްލިމުނަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

“މި ފަންޑު ފޮށި ފުރަތަމަ ބަހައްޓާނީ ބޮޑު މިސްކިތުގައި. އެގޮތުން މާދަމާ ހުކުރު ނަމާދަށް ފަންޑު ފޮށި ހުޅުވާލާނީ، އަދި ހަފްތާއެއްހަ ދުވަސް ވަންދެން އާއްމުކޮށް މީހުން ގޮސްއުޅޭ ތަންތަނުގައި ވެސް މި ފަންޑްފޮށި ބެހެއްޓޭނެ،”

މިޔަންމާ ސިފައިންނާއި ހާމުދުރުންގެ އަނިޔާތަކުން ސަލާމަތްވާން ރޮހިންގާ މުސްލިމުންގެ 140،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ބަންގްލަދޭޝް އަށް ވަދެފަ އެވެ. އަދިވެސް އިތުރު މީހުން މިޔަންމާ ތެރެއިން ނުކުންނަމުން ދާ ކަމުގެ ރިޕޯޓްތައް ލިބެ އެވެ.

މިއަންމާގައި، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހުރިހާ ރަށެއްގައި ވަނީ ގުނޫތުވެސް ކިޔަން ފަށައިފަ އެވެ.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަންގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.