ރޮހިންޖާ މުސްލިމުގެ ހައްގުގައި ކަމަދޫގައި ހިނގާލުމެއް

ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން ބ. ކަމަދޫގައި އަޑު އުފުލަނީ. ފޮޓޯ/ޓެޑީ ހުމާމު

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބ. ކަމަދޫގައި މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.

ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން ބ. ކަމަދޫގައި މިއަދު ހުޅުވި ފަންޑު ފޮއްޓަކަށް މީހުން ފައިސާގެ އެހީ ދެނީ

ކަމަދޫގައި މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި ރޮހިންޖާ މީހުންނާ މެދު ހިންގާފައިވާ އަމަލުތައް ދައްކައިދޭ ޕޯސްޓަރުތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ. އޭގެ އިތުރުން ރޮހިންޖާ މީހުންނަށް އެހީވާން ކަމަދޫގައި ފަންޑު ފޮއްޓެއް ވެސް ވަނީ ބަހައްޓާފަ އެވެ.

ކަމަދޫ ގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިއަދުވަނީ ހިނގާލުމާއި ޚާއްސަ ދުއާ ކުރުމާއި ފަންޑު ފޮށި ހުޅުވުން ފަދަ ހަރަކާތްތައް ހިންގާފައެވެ. އެގޮތުން އޭދަފުށީގައިވެސް މިއަދު ވަނީ ފަންޑްފޮއްޓެއް ބަހައްޓައިފަ އެވެ.

ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ މިޔަންމާގެ ލީޑަރު އަދި ނޮބަލް ސުލްހައިގެ އިނާމް ހޯއްދަވާފައިވާ އަންގްސަން ސޫކީއާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.