ރޮހިންޖާ މީހުންގެ ހައްގުގައި އޭދަފުށީގައި ވެސް ހިނގާލުމެއް

ރޮހިންޖާ މީހުންނަށް ހިންގާ އަމަލުތަކާ ގުޅިގެން އޭދަފުށީގައި މިއަދު އަޑުއުފުލަނީ

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އޭދަފުށީގައި ވެސް ހިނގާލުން ބާއްވައިފި އެވެ.

މިއަދު ހަވީރު ބޭއްވި އެ ހިނގާލުމުގައި ރޮހިންޖާ މީހުންނާ މެދު ހިންގާފައިވާ އަމަލުތައް ދައްކައިދޭ ޕޯސްޓަރުތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ. އޭގެ އިތުރުން ރޮހިންޖާ މީހުންނަށް އެހީވާން އޭދަފުށީގައި އިއްޔެ ބެހެއްޓި ފަންޑް ފޮށްޓައް ފައިސާ ހޯދުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރޮހިންޖާ މީހުންނަށް ހިންގާ އަމަލުތަކާ ގުޅިގެން އޭދަފުށީގައި މިއަދު އަޑުއުފުލަނީ

ރޮހިންޖާ މީހުންނަށް ކުރަމުންދާ އަނިޔާއާ ދެކޮޅަށް ރާއްޖޭގެ އެކި ރަށްތަކުގައި ހަރަކާތްތައް ދަނީ ހިނގަމުންނެވެ. އެގޮތުން އިއްޔެ ވެސް ބައެއް ރަށްރަށުގައި ވަނީ ހިނގާލުން ބާއްވައިފަ އެވެ.

ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ މިޔަންމާގެ ލީޑަރު އަދި ނޮބަލް ސުލްހައިގެ އިނާމް ހޯއްދަވާފައިވާ އަންގްސަން ސޫކީއާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރޮހިންޖާ މީހުންނަށް ހިންގާ އަމަލުތަކާ ގުޅިގެން އޭދަފުށީގައި މިއަދު އަޑުއުފުލަނީ
ރޮހިންޖާ މީހުންނަށް ހިންގާ އަމަލުތަކާ ގުޅިގެން އޭދަފުށީގައި މިއަދު އަޑުއުފުލަނީ

މިއަންމާގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން އެތައް ހާސް ބަޔަކު މިހާރު ވެސް ބަންގްލަދޭޝް އަށް އެތެރެވެއްޖެ އެވެ. ނަމަވެސް އެ މީހުންނަށް އެހީވުމުގައި ދުނިޔޭގެ ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ އާންމުންގެ ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.