ދުނިޔޭގައި ހުރި ޢުމުރުން އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ

ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެފައިވާ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ޖިރެއޮމަން ކިމޫރާ: އޭނާ މަރުވީ ޢުމުރުން 116 އަހަރުގައި.
ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެފައިވާ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ޖިރެއޮމަން ކިމޫރާ: އޭނާ މަރުވީ ޢުމުރުން 116 އަހަރުގައި.

 

 

ދުނިޔޭގައި ހުރި ޢުމުރުން އެންމެ ދުވަސްވީ އަދި ރެކޯޑުތަކުން ދައްކަ ގޮތުން ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެފައިވާ ފިރިހެން މީހާ ޢުމުރުން ސަތޭކަ ސޯޅަ އަހަރުގައި މަރުވެއްޖެ އެވެ.

އަށާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުގެ އޭޕްރިލް ނަވާރަ ވަނަ ދުވަހު ޖަޕާނުގެ ކިޔޮޓެންގޯއަށް އުފަން ޖިރެއޮމަން ކިމޫރާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ޖަޕާނުގެ މިޑީއާ ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ ކިޔޯޓޯގައި ދިރިއުޅެމުން އައި ކިމޫރާ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ މަގާމު ލިބިފައިވަނީ ދެހާސްބާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ޑީނާ މެންފްރެޑިނީ ޢުމުރުން ސަތޭކަ ފަނަރަ އަހަރުގައި މަރުވުމުން ނެވެ.ޖަޕާނުގެ ސަރުކާރުން    ބުނެފައިވަނީ ކިމޫރާ މަރުވެފައިވަނީ އޭނާގެ އުފަން ރަށުގައި ކަމަށާއި މިދިޔަ މަހުން ފެށިގެން ނިއުމޯނިޔާއަށް އޭނާ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ޖަޕާނުގައި ވިރާސީ ވެރިކަން ކުރި ފަސް އެމްޕަރާއިންނާ އޭގެ ފަހުން ބޮޑުވަޒީރުކަން ކުރި ފަސްދޮޅަސް އެއް ބޮޑުވަޒީރުންގެ ވެރިކަން ކިމޫރާ ވަނީ ދެކިފައި ވެއެވެ. ޢުމުރުން ސާދަ އަހަރުގައި ސްކޫލު ނިންމުމަށް ފަހު ސާޅީސް ފަސް އަހަރު ވަންދެން ޕޯސްޓް އޮފީހުގައި ކިމޫރާ މަސައްކަތް ކޮއްފައިވެ އެވެ. އަދި ފަސްދޮޅަސް ނުވަ އަހަރުގައި ރިޓެޔާ ކުރުމަށް ފަހު، އޭނާގެ ފިރިހެން ދަރީގެ ދަނޑުގައި ދަނޑުވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.