ބ. އޭދަފުށްޓަށް އުފަން ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ގެ ފޭސްބުކް ޕޭޖް ވެރިފައިކޮށްފި އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭގެ ފޭސްބުކް ޕޭޖް މިއަދާ ހަމައަށް 10،060 މީހުން ފޮލޯކުރެ އެވެ.
ފޭސްބުކް އިން ޕޭޖް ވެރިފިކޭޝަން ދެނީ މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތަކާއި އަދި މަޝްހޫރު ބޮޑެތި ކުންފުނިތަކަށެވެ.
އެގޮތުން ފޭސްބުކްގެ ވެރިފިކޭޝަން ރާއްޖޭގައި ދީފައިވަނީ ވަރަށް މަދު ފަރާތްތަކަކަށެވެ. ޕޭޖް ވެރިފިކޭޝަން ދެނީ އެ ޕޭޖެއް ނިސްބަތްވާ ފަރާތަކީ ހަގީގަތުގައި ވެސް އެ ސަހުސިއްޔަތެއްގެ ނޫނީ ކުންފުންޏަކުން ހިންގާ އަސްލު ޕޭޖްކަން ކަށަވަރުކޮށް ދިނުމަށެވެ.