“ހައްދު” ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި އަޅުވަނީ

ގެ މަންޒަރެއްގައި ރިޝްފާ އާއި ފައިރޫޒް: .

މިދިޔަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހާއި ސްވެކްގައި ރަސްމީކޮށް ނެރުނު ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމު “ހައްދު” އަންނަ ބުރާސްފަތު ދުވަހުގެ ރޭ އޭދަފުށީގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު އޭދަފުށީގައި އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާރސް (ޓީބީ) އިން ބުނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި “ހައްދު” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.

ޓީބީން ބުނި ގޮތުގައި އަދި ޓިކެޓް ވިއްކަނީ މި ފިލުމުގެ އެއް ޝޯ އަށެވެ. އިތުރު ޝޯ އަށް ނަންނޯޓް ކުރަމުން އަންނަ ކަމަށްވެސް އެކްލބުން ބުންޏެވެ.

ފިލްމުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

“ހައްދު” އަކީ ރިކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ ފައްތާހްގެ 12 ވަނަ ފީޗާ ފިލްމެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު، މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. އަދި މި ފިލްމްގެ މުހިއްމު ރޯލަކުން ނޫސްވެރިޔާ އަހުމަދު ފައިރޫޒް ވެސް ފެނިގެންދެ އެވެ.

ފައްތާހް ބުނީ އަމާޒަކީ މި ފަހަރު އޭނާގެ ފިލްމް މުޅި ރާއްޖޭގައި ދެއްކުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަސް ތެރޭގައި “ހައްދު” ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކާއި ގިނަ އަދަދެއްގެ ރިސޯޓްތަކުގައި ވެސް ދައްކާނެ ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.