ވިލާ ހޮޓެލްސްގެ ފަރާތުން ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުގެ ބައެއް ވަޒީފާތަކަށް މީހުން ހޯދަން އިއުލާން ކޮށްފި އެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން މީހުން ހޯދަން އިއުލާން ކޮށްފައިވާ ވަޒީފާ ތަކުގެ ތެރޭގައި ރިސެޕްޝަނިންސް، ރެސްޓޯރަންޓް ވެއިޓަރު، ރޫމް އެޓެންޑެންޓް އަދި ކޭޝިއަރު އެވެ. އޭގެ އިތުރުން އިންޖިނިއަރިން ޑިޕާޓްމެންޓަށް އޭސީ މެކޭނިކެއްގެ އިތުރުން ދޯނި ކެޕްޓަނުންނާއި ކްރޫން ވެސް އެ ރިސޯޓަށް ބޭނުން ވެގެން އިއުލާންކޮށްފައިވެ އެވެ.
މި ވަޒީފާތައް އެ ރިސޯޓްގައި އަދާކުރަން ޝައުގުވެރިވާ ދިވެހިންނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފި އެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއެކު އައިޑީކާޑު އަދި ޕޮލިސް ރިޕޯޓް [email protected] އަށް އީ-މެއިލު ކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓުން އެދެއެވެ.