“އީޓީ” ގެ ޒުވާން ނޫސްވެރިޔާ ރާއިފް ޕީއެސްއެމަށް

އޭދަފުށީގަިއ ބޭއްވި ފުތްބޯޅަ މުބާރާތެއްގެ މީޑިއާ ޕާޓްނަރުކަމުގެ ލިޔުމާ ރާއިފް ހަވާލުވަނީ

އޭދަފުށި ޓައިމްސް “އީޓީ” ގެ ނޫސްވެރިންނަކީ ބުރަކޮށް މަސައްކަތުގައި އުޅެމުން ވެސް ބަދަހި ގުޅުމެއް ބާއްވަައި، އެކުވެރި ޓީމެއްގެ ގޮތުގައި ކުރިއަށް ދާން އަޒުމް ކަނޑައަޅާފައިވާ ބައެކެވެ. އެކަމަކު މިހާރު ކުޑަ މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އީޓީ ގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ އެންމެ ޒުވާން ލިއުންތެރިޔާ އަދި ފޮޓޯގްރާފަރު ރާއިފް ޔޫސުފަށް ދައުލަތުގެ މީޑިއާ ޕީއެސްއެމް ސްޕޯޓްސް ވަޒީފާ ލިބުމާ ގުޅިގެން މިއަދު އޭނާ ވަނީ އެތަނާ ގުޅިފަ އެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫސްވެރިއަކަށް ވާން އަޒުމު ކަނޑައަޅައިގެން ހުރި ރާއިފު އަށް މި ވަޒީފާ ލިބުމާ ގުޅިގެން “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ރާއިފުގެ ވަކިވުމަކީ “އީޓީ” އާ އެކު އޮތް ގުޅުން ކަނޑާލުމެއް ނޫނެވެ. އޭގެ ބަދަލުގައި މާލޭގައި ހުރެ ރާއިފް އީޓީ އަށް ވޮލަންޓިއާ ކޮށްދެމުން ގެންދާނެ އެވެ.

“އަޅުގަނޑު މާލެ ބަަލުވިޔަސް އީޓީ އާ ވަތްކެއް ނުވާނެ. މިކޮޅުގައި ޓީވީގައި މަސައްކަތް ކުރަމުން ވެސް ވަގުތު ވީ ވަރަކުން “އީޓީ” އަށް ކޮންޓްރިބިއުޓް ކޮށްދޭނަން،” ރާއި ބުންޏެވެ.

އޯލެވެލް ނިންމުމަށްފަހު ނޫސްވެރިއެއްގެ ގޮތުގައި ރާއިފް މިހާތަނަށް އީޓީ ގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި އޭނާ ވަނީ ކުޅިވަރު ދާއިރާއިން ގިނަ ހަބަރުތަކެއް ލިޔެދީފަ އެވެ. އަދި ގިނަ އިވެންޓްތަކެއް ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަނީ ލައިވް ވެސް ކޮށްދީފަ އެވެ.

އީޓީގެ ނޫސްވެރިއެއްގެ ގޮތުގައި މިހާތަނަށް ކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް، ރާއިފު އަށް އަބަދުވެސް ކާމިޔާބީއަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.