އިތުރު މަގުތަކެއްގައި ތާރު އަޅަން މަޝްވަރާ ކުރަނީ

އޭދަފުށީ ބަނދަރުމަތީ މަގުގައި ޕޭމަންޓް ގާ އަތުރަނީ. އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ނިންމާފައިވާ މަގުތަކުގެ އިތުރުން، އިތުރު މަގުތަކެއްގައި ތާރު އަޅައިދިނުމަށް ސަރުކާރުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލް ރައީސް ތޮލާލް އަބްދުއްރަހްމާން ވީ ނިއުސް އަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރުން ތާރު އެޅުމަށް ނިންމާފައިވަނީ 17 މަގެއްގައި ނަމަވެސް އިތުރު މުހިންމު މަގުތަކެއްގައި ތާރު އެޅުމަށް ރައްޔިތުން ބޭނުންވެގެން އެކަމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތަށް ކަމާގުޅޭ މުއައްސަސާތަކާ މިހާރު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ހައުސިންގް މިނިސްޓްރީއާއެކު އަންނަ ހަފްތާގައި އެ ކަމަށް ހާއްސަ ބައްދަލުވުމެއް ބާއްވާނެ. އުއްމީދު ކުރަނީ މި މަޝްވަރާތައް ކާމިޔާބު ވާނެ ކަަމަށް،”

މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މަގުތަގެ އަރިމަތީ ކާނުތައް ހެދުމާއި ކާނު ތަކުގަިއ ގާ އެތުރުމުގެ މަސައްކަތެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކޮށްގެން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

33 މިލިއަން ރުފިޔާގެ މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކުރި އެއް އަހަރު ދުވަހުގެތެރޭ ނިންމުމަށެވެ.

އެމްއާރްޑީސީން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނި ނަމަވެސް، ރަށު ކައުންސިލުނ ބުނީ މަގުތަކުގެ ތާރު އަޅަން ފަށާނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

މި މަޝްރޫރުގެ ދަށުން ތާރު އަޅައިގެން އޭދަފުށީގައި 3.36 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ. އަދި މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.