4000 އަށްވުރެ ގިނަ މަގޫގަސް ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި

މޫބާލާފައިހުރި މަގޫގަސްތަކެއް މާޅޮހުން ގެންދިއުަމަށް ބަދަރަށް ނެރެފައި

ބ. މާޅޮހުގެ ހޭޅިފަށުގައިހުރި 4000 އަށްވުރެ ގިނަ މަގޫގަހުގެ އޮފިތަކެއް މޫބާލައިގެން އެރަށުން ބޭރުކުރަން އުޅެނިކޮށް އީޕީއޭއިން އެކަން ހުއްޓުވައިފި އެވެ.

ބ. އަތޮޅުގައި ރިސޯޓް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން އަންނަ ރަށަކަށް މިތަކެތި ބޭރުކުރަން އުޅެނިކޮށް މިކަން އިއްޔެ ހުއްޓުވީ އީޕީއޭއާއި، ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީސް އަދި ބ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކުގައެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ މިތަކެތި އެރަށުން ބޭރުކުރަން އުޅުނީ އެރަށު ކައުންސިލާ، މިއަތޮޅުގައި ރިސޯޓް ހަދާ ރަށަކާ ގުޅިގެން ވިޔަފާރި އުސޫލުން ކަމަށެވެ. ނަމަވެސް ހޭޅިފަށުގައި ހައްދާފައިހުންނަ މިފަދަ ގަސްގަސް އީޕީއޭގެ ހުއްދަނެތި މިފަދަ ގޮތަކަށް ނުގެންދެވޭނެކަަމަށް އެ އޮފީހުން ބުންޏެވެ.

“އީޕީއޭގެ އެންގުމަށް އެކަން ފުލުހުންގެ އެހީތެރިކަމާއެކު އެކަން ހުއްޓުވީ، ވަރަށް ގިނަ ގަސް އެބަހުރި މިހާރު މޫބާލާފައި ވެސް. ހުރިހާ ގަސްތަކެއް އަޅުގަނޑުމެންނަށް ސީދާ ނުވެސް ބެލުނު މިއަދު ގިނަކަމުން. އެހެންނަމަވެސް އެރަށުން މައުލޫމާތު ދޭ މީހުން އެބަ ބުނޭ ހަތަރުހާހެއްހަ އޮފިގަނޑު ވެލިބާލާފައި އެބަހުރިކަމަށް” އޮފިޝަލް ވިދާލުވި އެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ރަށުގެ ހޭޅިފަށަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެތީ، ހުއްދަ ނަގައިގެން މިކަން ކުރުމަށް މިހާރު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.