ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް، ބ. ހިތާދޫގަިއ ބެހެއްޓި ފަންޑް ފޮށްޓަށް ތިރީސް ހާހަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ހިތާދޫ ކައުންސިލުން ބުނީ އިއްޔެ ހެނދުނު 11:00 އިން ރޭ 8 ޖެހުމާ ހަމައަށް، ފަންޑަށް 31879.50 ރުފިޔާ ލިބިފައިވާ ކަމަށެވެ.
ހިތާދޫ ކައުންސިލުން ބުނީ މިއީ ކުޑަ ވަގުތު ކޮޅުގައި ހީވެސް ނުކުރާ ވަރުގެ އަދަދެއްކަމަށެވެ. އަދި އެރަށު ރައްޔިތުން ދެއްކި ނަމޫނާއަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރޮހިންޖާ ފަންޑަށް އެހީވުމަށް ބ. ކަމަދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވެސް 45،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.