އޭދަފުށީގައި މޭކަޕް އަދި ހިޖާބް ކޯހެއް ފަށަނީ

ސްޓެޕް ޓު ބިއުޓީ ސެލޫނުން ހިންގި މޭކަޕް އަދި ހިޖާބު ކޯހެއްގެ ތެރެއިން: ފޮޓޯ/ފޭސްބުކް

ސްޓެޕް ޓު ބިއުޓީ ސެލޫން އެންޑް އެކެޑަމީ ގެ ފަރާތުން އޭދަފުށީގައި މޭކަޕް އަދި ހިޖާބު ކޯހެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

އަންނަ އޮކްޓޯބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ބޭސިކް މޭކަޕް ޓް ބްރައިޑަލް މޭކަޕް އާޓިސްޓް އެންޑް ހިޖާބް ސްޓައިލް” ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ހަތް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ބައިވެރިވާން 2500ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އެ ކޯހަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދެނީ ކޯސް ހިންގާ ފަރާތުންނެވެ.

ކޯސް ހިންގާ ސްޓެޕް ޓު ބިއުޓީ ސެލޫންގެ ފާތުމަތު ޝިރުފަތު (ޝިރޫ) ބުނިގޮތުގައި މި ކޯހުގައި މޭކަޕް ބޭސިކުން ފެށިގެން ބްރައިޑަލް އާ ހަމައަށް ދަސްކޮށްދޭނެ އެވެ. އަދި ހިޖާބު އަޅާނެ ގޮތުގެ ތަފާތު ހުނަރުތައް ވެސް ދަސްކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.

ސްޓެޕް ޓު ބިއުޓީ ސެލޫނުން ހިންގި މޭކަޕް އަދި ހިޖާބު ކޯހެއްގެ ތެރެއިން: ފޮޓޯ/ފޭސްބުކް

ޝިރޫ ބުނިގޮތުގައި މިފަދަ ކޯސްތައް އަތޮޅުތަކުގައި ކުރިއަށް ގެންދަނީ، ގިނަ ބަޔަކަށް ފުރުސަތު ދިނުމަށާއި މިދާރާއިން ގިނަ ކުދިންތަކެއް ތަމްރީން ކުރުމަށެވެ.

ކޯހުގައި ބައިވެރިވުމަށް 9861881 މިނަންބަރާ ގުޅުމުން އިތުރު މައުލޫމާތު ސާފުވާނެ އެވެ.

ސްޓެޕް ޓު ބިއުޓީ ސެލޫނުގެ ފަރާތުން މިފަދަ ތަފާތު އެކި ކޯސްތައް ހިންގާ 300 އަށް ވުރެ ގިނަ މީހުން މިހާރުވަނީ ތަމްރީން ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.