“އުރީދޫ ނެކްސްޓް”ގެ ނަމުގައި އާ ހިދުމަތެއް

އުރީދޫ ނެސްޓް ތައާރަފު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން — ފޮޓޯ: އުރީދޫ

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކް މެސެންޖާ މެދުވެރިކޮށް “އުރީދޫ ނެކްސްޓް” ގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި އެވެ.

އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ “އުރީދޫ ނެކްސްޓް” މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖާއިން އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެއެވެ. މި ނެޓްވޯކު ހިންގަނީ އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިން ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޖީބް ވިދާޅުވީ “އުރީދޫ ނެކްސްޓް”ގެ ހިދުމަތް އަދި ދޭނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސޯޝަލް މީޑިއާތައް މެދުވެރިކޮށް އެ ހިދުމަތްދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

“ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބިގެން ދާނީ ކަސްޓަމަރުންނާ އެކު މުއާމަލާތް ކުރަން މުޅިންއާ ގޮތެއް.” އޭނާ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ މުސްތަގުބަލުގައި އެ ކުންފުނިން ތައާރަފު ކުރާ ހިދުމަތްތައްވެސް އެ ނެޓްވޯކް މެދުވެރިކޮށް ހޯދޭނެ ގޮތް ފޭސްބުކާއި ގުޅިގެން ހަދާނެ ކަމަށެވެ. މިހާރު އެ ނެޓްވޯކުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ޕްރޮމޯޝަންތަކުގެ މައުލޫމާތު، އުރީދޫއިން ކަސްޓަމަރުންނަށް ދޭ ހުރިހާ ހިދުމަތެއްގެ މައުލޫމާތު އަދި ކަސްޓަމަރުން ބޭނުން ކުރަމުންދާ ހިދުމަތައް މެނޭޖު ކުރުމާއި އެކު އާ ހިދުމަތްތަކަށް އެދެވޭނެ އެވެ.

“އުރީދޫ ނެކްސްޓް” ބޭނުން ކުރަން އިތުރު އެޕްލިކޭޝަންއެއް ޑައުންލޯޑުކޮށް ނުވަތަ ދަސްކުރާކަށް ނުޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.