ދަރަވަންދޫގައި ގުރުއާން ކްލާހެއް ހުޅުވައިފި

ބަދަ ގުރުއާން ކްލާސް ހުޅުވުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ބަދަ ޖަމިއްޔާ

ބ. އެޓޯލް ދަރަވަންދޫ ހިއުމާނިޓީ އެސޯސިއޭޝަން (ބަދަ) ޖަމިއްޔާގެ ފަރާތުން އެރަށުގައި ގުރުއާން ކްލާހެއް ހުޅުވައިފި އެވެ.

ބަދަ ޖަމިއްޔާގެ އޮފީސް އިމާރާތުގައި ގާއިކުކޮށްފައިވާ “ބަދަ ގުރުއާން” ކްލާސް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ޝަމީމް މުހައްމަދު އެވެ.

ބަދަ ޖަމިއްޔާއިން ބުނި ގޮތުގައި އެރަށުގައި ގުރުއާން ކުލާސް ހުޅުވުމުގެ މަގުސަދުތަކުގެ ތެރޭގައި ތަޖުވީދުމަގަށް ރީތިކޮށް ގުރުއާން ކިޔަވާ ކުދިން ތަކެއް އުފެއްދުމާއި ގުރުއާން މުބާރާތްތަކުގައި ދަރަވަންދޫ ތަމްސީލުކުރާ ކުދިން ތަކެއް އުފެއްދުން ހިމެނެ އެވެ.

ބަދަ ގުރުއާން ކްލާސް ހުޅުވުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ބަދަ ޖަމިއްޔާ

ބަދަ ޖަމިއްޔާއިން ބުނީ ގުރުއާން ކްލާހަށް ބޮޑު ތަރުހީބު ލިބެމުންދާ ކަމަށާއި އަންނަ އަހަރުގެ ފެށިގެން ގުރުއާނާ ބެހޭ ކޯސްތައް ވެސް އެތަނުގައި ފަށާނެ ކަމަށެވެ.

ބަދަ ޖަމިއްޔާއަކީ ދަރަވަންދޫގައި އިސްލާމުދީނަށައި ގައުމިއްޔަތާއި ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން ތާރީޚާއި ސަގާފަތް އަދި ތިމާވެއްޓާއި ކުޅިވަރު ރޫހު އާލާކުރުމަށް މިއަހަރު އުފެއްދި ޖަމިއްޔާ އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.