އުރީދޫން “ލާރން ޓު ޕްލޭ ގިޓާ ވިތް ފަސީ” ބާއްވައިފި

އުރީދޫއާއި މަޝްހޫރު ގިޓަރިސްޓް އަހްމަދު ފަސީހް (ފަސީ) ގުޅިގެން ގިޓާ ކުޅުމަށް ޝައުގުވެރިވާ ޒުވާން ގިޓަރިސްޓުންނަށް، އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.

ޕީއެސްއެމް ސްޓޫޑިއޯގައި “ލާރން ޓު ޕްލޭ ގިޓާ ވިތް ފަސީ” މިއަދު ބޭއްވިގެންދިޔައީ ޒުވާން ގިޓަރިސްޓުންގެ ބައިވެރިވުމާއި އެކު، އެއް ދުވަހުގެ ވާކްޝޮޕެއްގެ ގޮތުގައެވެ. މި ސެޝަން ކުރިޔަށް ގެންދިޔުމުގައި ގިޓާ ކުޅުމުގެ ބޭސިކްސް އާއި މިއުޒިކްގެ ޑިސިޕްލިންތައް ހިމެނިފައިވެ އެވެ.

“ޒުވާނުންގެ ހުވަފެންތަކާއި ކުރިމަގުގައި ކުރަން ބޭނުންވާ ކަންކަން ހާސިލްކުރުމަށް އެހީތެރިވެދީ، އެއްބާރުލުންދޭ ޕްރޮގްރާމްތައް ހިންގުމުގައި އުރީދޫއިން މިދަނީ އިންވެސްޓްކުރަމުން. “ލާރން ޓު ޕްލޭ ގިޓާ ވިތް ފަސީ” ގެ މަގްސަދަކީ، މިއުޒީޝަނުންނަށް އެ ދާއިރާގައި ކުރިއެރުން ހޯދުމަށް

ބޭނުންވާ ޑިސިޕްލިން އަދީ އެހެނިހެން ހުނަރުތައް ދަސްކޮށްދިނުން. ފަސީ ފަދަ މި ދާއިރާގައި ނަމޫނާއެއްގެ ގޮތުގައި ބެލެވޭ ފަރާތަކާ ގުޅިގެން މި ޕްރޮގްރާމް ހިންގުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. ” އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް ސޮމެން ޑޭ ވިދާޅުވިއެވެ.

ސޮމެން ވިދާޅުވީ މީ ފަހުގެ ތާރީހެއްގައި މިހާ ފުޅާކޮށް ގިޓާ ވާރކްޝޮޕެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރު ކަމަށާއި މި ވާރކްޝޮޕްގައި ބައިވެރިވި ކުދިންގެ ހުނަރު ތަރައްގީވެ، އެކުދިންނަށް ރަނގަޅުގޮތުގައި މި ދާއިރާއިން ކުރިޔަށް ދެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ލީޑް ގިޓަރިސްޓް އަހްމަދު ފަސީހް (ފަސީ) ވިދާޅުވީ މި ސެޝަންގައި މިއުޒިކް ތިޔަރީ ފަދަ ކަންކަމުގެ އިތުރުން، މި ދާއިރާގައި އަމަލީގޮތުން ގެންގުޅެންޖެހޭ ޑިސިޕްލިންތަކާއި، އަންޑަސްޓޭންޑިން ބައްޓަންކުރަންވީ ގޮތާއި، މިއުޒީޝަނެއްގެގޮތުން ކަންކަންކުރުމުގައި ދެކެންވީގޮތްތައކިޔައިދެވުނު ކަމަށެވެ.
“މިކަން ކުރިޔަށް ގެންދިޔުމުގެ ޝައުގުވެރިކަން ފާޅުކޮށް، އުރީދޫއިން މިކަހަލަ ވާރކްޝޮޕެއް ހިންގުމަށް އިސްނެގުމަކީ އަޅުގަނޑު ދެކޭގޮތުގައި ޒުވާން މިއުޒީޝަނުންނަށް ފުރުސަތު ހޯދައިދީ އެކުދިންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ދޭ އަހަމިއްޔަތު ދައްކުވައިދިން ކަމެއް. ކުރިޔަށް އޮތް ތަނުގައިވެސް

ރާއްޖޭގެ އެކި ހިސާބުތަކުގައި މި ފަދަ ވާރކްޝޮޕްތައް ހިންގުމުގައި އަޅުގަނޑާއި ޓީމްގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ދޭނަން.” ފަސީ ވިދާޅުވިއެވެ.

އުރީދޫން ބުނީ ކުރިމަގުގައިވެސް، ޒުވާނުން ކުރިއެރުމަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން އުރީދޫއިން މިފަދަ ވާރކްޝޮޕްތައް ހިންގުމަށް މަގުފަހިކޮށް، ޒުވާނުންނަށް ތަރުހީބުދީ، އެބޭފުޅުންގެ ކުރިއެރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.