ބ. އަތޮޅުގެ ފަޅުރަށްތަކެއް ވަރުވާއަށް ހުޅުވާލައިފި

ބ. ގެމެންދޫ. އެރަށާއެކު މިއަތޮޅުގެ ތިން ރަށެއް ވަނީ ވަރުވާއަށް ހުޅުވާލާފައި

ބ. އަތޮޅުގެ ތިން ފަޅުރަށެއް އަނެއްކާ ވެސް ބީލަން އުސޫލުން ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިޝަރީޒު މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން މިފަހަރު ވަރުވާއަށް ދޫކުރުމަށް މިއަތޮޅުން ހުޅުވާލާފައިވަނީ ބ. ކެޔޮދޫ އާއި މަދިރިވާދޫ އަދި ބ. ގެމެންދޫ އެވެ.

ފިޝަރީޒުން ބުނީ މިމަހު 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް ބިޑުފޯމް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބިޑު ފޯމެއްގެ އަގަކީ 20 ރުފިޔާ އެވެ.

ބ. އަތޮޅުގެ ތިން ރަށާއެކު މުޅި ރާއްޖެއިން 65 ފަޅުރަށެއް ވަރުވާއަށް ދޫކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

މިއަތޮޅުގެ 20 ރަށެއް މިދިޔަ އަހަރުވެސް ބީލަން އުސޫލުން ވަރުވާއަށް ދޫކުރުމަށް ހުޅުވާލި އެވެ. ނަމަވެސް އެރަށްތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ބައެއް ރަށްތައް ހުރުމާއެކު އޭގެ ތެރެއިން ބައެއް ރަށްރަށް ބީލަން އުސޫލުން ވަރުވާ އަށް ދޫނުކުރަން ފިޝަރީޒް މިނިސްޓްރީން ފަހުން ވަނީ ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ ރަށްތައް ވަރުވާ އަށް ދޫކުރަނީ ބޮޑެތި މަސައްކަތްތައް ކުރަން ނޫން ކަމަށާއި ވަގުތީ ގޮތުން ކުޑަ މަސައްކަތެއް ކުރި ކަމުގައި ވިއަސް އެކަން ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށެވެ. ފަޅުރަށްތައް ވަރުވާއަށް ދޭ ގަވައިދުގައިވާ ގޮތުން އެންމެ ދިގު މުއްދަތަކަށް ވަރުވާއަށް ދެނީ ދިހަ އަހަރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.