ސަރަހައްދުގެ އެއްވަނަ އާ ދެކޮޅަށް ނުކުތްއިރު ކެޕްޓަނަކަށް ނިޝާމް

18 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ނިޝާމް (ކ) ކެޕްޓަން ބޭންޑުގައި

ބޫޓާންގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މި ސަރަހައްދުގެ އެއްވަނަ އާ ދެކޮޅަށް ރާއްޖެ ޓިމު ނުކުތްއިރު އޭދަފުށީގެ އުއްމީދީ ކުޅުންތެރިޔާ ނިޝާމް މުހައްމަދު ރަޝީދު ކެޕްޓަންކަން ކޮށްފި އެވެ.

މިއީ ޒުވާން ގައުމީ ޓީމުގައި އޭދަފުށީ ކުޅުންތެރިއަކު ކެޕްޓަން ބޭންޑް އެޅި ފުރަތަމަ ފަހަރެވެ.

މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ.

ދަނޑުމަތީގައި ޕޮގްބާގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 18 އަހަރުގެ ނިޝާމްގެ ކުޅުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މިދިޔަ އަހަރު އޭދަފުށީގައި ބޭއްވި ބޮޑުއީދު ފުޓްބޯޅަ މުބާރާތުގައި އެމް.އޭ ޔުނައިޓެޑްގައި ދެއްކި މޮޅު ކުޅުމާއެކުއެވެ. އެމުބާރާތް އެމް.އޭ ޔުނައިޓެޑުން ކާމިޔާބުކުރިއިރު ނިޝާމް ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު އޭދަފުށިން ކާމިޔާބު ކުރިއިރުވެސް ނިޝާމް ވަނީ އޭދަފުށީ ޓީމުގައި ހިމެނިފައެވެ.

މުބާރާތުގައި ފުރަތަމަ މެޗުން ބޫޓާން އަތުން 1-0 އިން ބަލިވިއިރު މިއީ އެ ޓީމު އަތުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 2-0 އިން ބަލިވިއިރު، ތިން ވަަނަ މެޗުން ނޭޕާލް އަތުން ބަލިވީ ވެސް 2-0 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.