އެކްޓިވިޓީ ޔުނިފޯމް އަލުން ޑިޒައިން ކުރަން ހުޅުވާލައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަލުން ޑިޒައިން ކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލައިފައިވަނީ އެ ސްކޫލުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުންނަށާއި އިސް ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލް އެކްޓިވިޓީ ޔުނީފޯމުގައި ހިމެނޭނީ އަތްކުރު/އަތްދިގު ޓީޝާޓް އާއި ސޯޓް/ޓްރެކްޝޫޓްއެވެ.

ޔުނީފޯމުގައި ބޭނުން ކުރަންޖެހޭނީ އެ ސްކޫލްގެ ރަސްމީ ކުލަތައް ކަމަށްވާ ވިލު ނޫ، ފެހި އަދި ހުދު ކުލައެވެ.

އެ ސްކޫލުން ބުނިގޮތުގައި ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން ޖަޖު ކުރުމަށްފަހު އެއްވަނަ އަށް ހޮވޭ ޑިޒައިން ހުށަހަޅާ ފަރާތަކަށް ހަނދާނީ ފިލައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ ގިނަވެގެން ދެ ނަމޫނާ އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު ބޭނުން ކުރާ އެކްޓިވިޓީ ޔުނިފޯމް އަލުން ޑިޒައިންކުރަން ހުޅުވާލިއިރު، މި ޔުނީފޯމު އަލުން ޑިޒައިން ކުރަން މިދިޔަ އަހަރުވެސް ހުޅުވާލި އެވެ. ނަމަވެސް މިދިޔަ އަހަރު ޑިޒައިނަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. anaan

    Faarhumaa ah saabahey .thibunee hama thedeh kudakudin toiletah gos vs ulhen jehenee uniformun salaamaiy nuvevigen .gunafaharah masakkathu meehaku help kohdheykah nuhunnane .thibbas ginafaharah alaeh nulaane .ahcheedivefa thibeynee .misababah takaa beynunvanee activity ah vure kurin uniform ah badhaleh gennan.me magey hiyaalaky

    ރައްދު
  2. ފާތުމާ

    އެކްޓިވިޓީ ޔުނިފޯރމް މާވަރަކަށް ބަދަލްގެނަން ތި އުޅުއްވަނީ ކޮންކަމަކާތޯ؟އެއަށްވުރެ މާާ ރަނގަޅު ރަސްމީ ޔުނިފޯމަށް ބަދަލް ގެނައުން ، އެ ބޮޑު ރޫބައި ޔުނިފޯރމް މަދު ރަށެއްގަ ނޫނީ މިހާރުބޭނުމެއް ނުކުރޭ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.