އަމިއްލައަށް ޕެކޭޖް ޑިޒައިންކުރެވޭ އުރީދޫގެ “މަގޭ ޕްލޭން” ތައާރަފް ކޮށްފި

“މަގޭ ޕްލާނެް” ތައާރަފުކުރުމަށް އުރީދުން މިއަދު ބޭއްވި ރަސްމިއްޔާތު: ފޮޓޯ/އުރީދޫ

އުރީދޫ އިން ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށީގެންވާ ގޮތަށް އަމިއްލައަށް ޕެކޭޖް ޑިޒައިންކުރެވޭ “މަގޭ ޕްލޭން” ތައާރަފް ކޮށްފި އެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގޭ ޕްލޭން ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ. ނަޖީބް ވިދާޅުވީ މަގޭ ޕްލޭނާއެކު މުއާސަލާތީ ހިދުމަތްތައް ހޯދުމުގައި ކުރިން ނުލިބޭ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

“އުރީދޫ ވެބްސައިޓް ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ [ޕެކޭޖެއް] އެ ބޭފުޅަކަށް އަމިއްލަ އަށް މިހާރު ޑިޒައިން ކޮށްލެވޭނެ. ވަރަށް ފަސޭހަކަމާއި އެކު، އެންމެ އެކަށޭނަ އަގެއްގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްލެވޭނެ،” ނަޖީބް ވިދާޅުވި އެވެ.

މަގޭ ޕްލޭން ހިދުމަތް ބޭނުން ކުރުމަށް މައި އުރީދޫ އަށް ލޮގިންވެ، މަގޭ ޕްލޭން އޮޕްޝަން ނެގުމުން ޕެކޭޖް ޑިޒައިން ކުރުމަށް އަންނާނެ އެވެ. އެގޮތުން 100 އެމްބީން ފެށިގެން 1،000 ޖީބީއާ ހަމައަށް ބޭނުން މުއްދަތަކަށް ޑޭޓާ ނެގިދާނެ އެވެ.

ކޯލް ކުރުމަށް ބޭނުންވާ މިނެޓު ވެސް އަމިއްލަ އަށް ކަނޑައެޅިދާނެ އެވެ. އެގޮތުން އުރީދޫ ނަންބަރުތަކަށް ވަކިވަރެއް ނުވަަތަ އެހެން ނެޓްވޯކްތަކަށް ވަކިވަރެއް ވެސް ކަނޑައެޅޭނެ އެވެ. އެގޮތުން 20،000 މިނެޓާ ހަމައަށް ކޯލް ކުރެވޭ ގަޑި އިހުތިޔާރު ކުރެވޭނެ އެވެ.

އެސްއެމްއެސް ކުރަން ބޭނުންވާ މިންވަރެއް ވެސް ކަނޑައެޅޭނެ އެވެ. އެގޮތުން 25،000 އެސްއެމްއެސް އާއި ހަމައަށް އިހުތިޔާރު ކުރެވޭނެ އެވެ. އަދި މަގޭ ޕްލޭންގެ ދަށުން 19ރ. އަށް އެންމެ އަގު ހެޔޮ އައިޑީޑީ ރޭޓް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

މަގޭ ޕްލޭންގެ ދަށުން އެއް ދުވަހުން ފެށިގެން، އެއް މަސް ދުވަހާއި ހަމައަށް މުއްދަތު ކަނޑައެޅުމުގެ ބާރު ވެސް ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ. އަމިއްލަ އަށް ބޭނުންވާ ގޮތަކަށް ޕެކޭޖް ތައްޔާރު ކުރުމުން އެ ޕެކޭޖްގެ އަގު ވެސް ވަގުތުން ކަސްޓަމަރުންނަށް ލިބިގެން ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.