ދިރާގުން ޔޫއެންޑީޕީއާ ގުޅިގެންހެދި ފިލްމް”ފިލްމް ފޯ ޗޭންޖް” ޕްރިމިއާ ކޮށްފި

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ފިލްމް ފޮ ޗޭންޖްގެ ޕްރިމިއާ އިއްޔެ ޝްވެކް ސިނަމާގައި އޮތް ރަސްމިއްޔާތެއްގައި ބާއްވައިފި އެވެ.

ފިލްމް ފޮ ޗޭންޖް އަކީ މިދިޔަ މަހު ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކުރު ފިލްމު ހެދުމުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ދިރާގުން ބުނި ގޮތުގައި ޒުވާނުން ކްރިއޭޓިވް އާޓްސް ގެ ދާއިރާއަށް ޝައުގުވެރި ކުރުމުގެ އިތުރުން ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް އެކުދިން ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން އަމިއްލަ އަށް ފިލްމުފަދަ ވަސީލަތްތަކުގެ ޒަރިއްޔާއިން ހޯދައިދިނުމެވެ.

“މި ފިލްމުތަކަކީ މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތަކެކެވެ. އެގޮތުން ފިލްމުތަށް ބެހިގެންދިޔައީ ޔޫއެންޑީޕީ އިން ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ގެ 3 ބަޔަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި، އެސްޑީޖީ 5 ޖެންޑާ އީކުއަލިޓީ ނުވަތަ ދެ ޖިންސުގެ ހަމަހަމަކަން، އެސްޑީޖީ 10 ރިޑިއުސް އިންކުއަލިޓީ ނުވަތަ އެންމެންނަށް ހަމަހަމަ ފުރުސަތާއި އަދުލު ލިބުން އަދި އެސްޑީޖީ 12 ރެސްޕޮންސިބަލް ކޮންސަޕްޝަން އެންޑް ޕްރޮޑަކްޝަން ނުވަތަ ޒިންމާދާރު ގޮތުގައި ތަކެތި އުފެއްދުމާއި ބޭނުންކުރުމެވެ. އެގޮތުން ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑަށް އެޅޭ ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ،” ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ވެ އެވެ.
.
ޕިލްމް ފޮ ޗޭންޖަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ވަނީ މިދިޔަ އޮގަސްޓް މަހު 16 އިން 23 ވަނަ ދުވަހާ ހަމައަށް ވަނީ ތަމްރީނު ޕްރޮގުރާމެއްވެސް ބާއްވާފައިއެވެ. މި ތަމްރީނުގައި ވާހަކަލިޔުމާއި، ޑައިރެކްޓްކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ބައިވެރިން އެކި ފަންނީ މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. ބައިވެރިންނަށް ތަމުރީނު ދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މި ދާއިރާގައި ތަޖުރިބާކާރު އަދި ފުންނާބު އުސް ބޭފުޅުންނެވެ. އޭގެ ތެރޭގައި މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އަހުމަދު ހިޝާމް ސައީދް (އަންދު) އަދި މެންޓާރސްގެ ގޮތުގައި އިޓާނަލް ޕިކްޗާސް، މަދޮޝިޕް، އަދި ސްޓްރީކް ސްޓޫޑިއޯ އިން ވަނީ ބައިވެރިވެފައ ިއެވެ.

ދިރާގުން ބުނި ގޮތުގައި މިޕްރޮޖެކްޓްގެ ދަށުންޒުވާނުން އެ މީހުންގެ އަމިއްލަ ނަޒަރުން މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތައް އެމީހުން އަމިއްލައަށް ދައްކާއިދިނިމުގެ މަގު ފަހިވެގެން ދިޔައެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާންކުދިންގެ ހުނަރާއި އެކުދިން މުގުތުމައުއާ ދޭތެރޭ ވިސްނުމާއި ހިޔާލު ހުރިގޮތް ވެސް ފެނިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގާއި ޔޫއެންޑީޕީ އިން މި ކުރު ފިލްމުތައް ސޯޝަލް މީޑިއާގައި ދައްކާލުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.