ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޤުރުއާން ހަތިމުކުރާ ޕްރޮގްރާމެއް ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެސެމްބްލީގައި ގުރުއާން ކިޔަވަނީ– ފޮޓޯ: ތޯރިގް/އީޓީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލުގައި ގުރުއާން ހަތިމުކުރުމަށް ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ސްކޫލުގެ މެންދުރުފަހު ދަންފަޅީގެ ޓީޗަރުންނާއި ލީޑިން ޓީޗަރުން އިސްނަގައިގެން ފެށި މި ޕްރޮގްރާމުގައި މެންދުރުފަހު ދަންފަޅީގެ ހުރިހާ ދަރިވަރުން ބައިވެރިވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެސެމްބްލީގައި ގުރުއާން ކިޔަވަނީ– ފޮޓޯ: ތޯރިގް/އީޓީ

މެންދުރުފަހު ދަންފަޅިގެ 200 އެއްހާ ދަރިވަރުންނާއެކު މިއަދު މި ޕްރޮގްރާމު އެ ސްކޫލުގަިއ ރަސްމީކޮށް ފައްޓަވައިދެއްވީ ސްކޫލުގެ އިސްލާމް މުދައްރިސް އައްޝެއިޚް އަބްދުލްމަޖީދު މުހައްމަދު އެވެ.

ސެއިޚް މަޖީދު ގުރުއާން ހަިމުކުރުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވަނީ

“މިއީ މިއަހަރު ކިޔެވުން ފެށުމާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް. އެހެން ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މި ޕްރޮގްރާމު ނުފެށި ލަސްވީ، މި ޕްރޮގްރާމުގެދަށުން ކޮންމެ ދުވަހަކުވެސް ސެޝަން ފެށުމާއެކު ފުރަތަމަ ދިހަ މިނިޓް ދަރިވަރުން ގުރުއާން ކިޔަވާނީ، ދަރިވަރުންނާއެކު ޓީޗަރުންވެސް ބައިވެރިވާނެ،” ގްރޭޑް 6، 7 ގެ ލީޑިން ޓީޗަރު މައުސޫމާ ޚަލީލުު ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެސެމްބްލީގައި ގުރުއާން ކިޔަވަނީ– ފޮޓޯ: ތޯރިގް/އީޓީ

މިއަދު ރަސްމީކޮށް މި ޕްރޮގްރާމު މި ފެށީ ކޮންމެ ކުއްޖަށް ހާއްސަކޮށް ހަތިމެއް ވެސް ހަދިޔާ ކުރުމާއެކު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެސެމްބްލީގައި ގުރުއާން ކިޔަވަނީ– ފޮޓޯ: ތޯރިގް/އީޓީ

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ގުރުއާން މުދައްރިސް ޝާފިއާ އަހްމަދު ވިދާޅުވި ގޮތުގައި ދަރިވަރުންގެ ހިތުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި ކީރިތި ގުރުއާނުގެ ދެލިގަނޑު ފަރިތަކޮށް ކިޔަވަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި ދަރިވަރުންނަށް އިހުލާސްތެރިވާން ދަސްކޮށްދިނުމުވެ.

ތައުލީމީ މަރުކަޒުގައި ގުރުއާން ހަތިމުކުރުމަށް ހާއްސަ ޕްރޮގްރާމެއް މިއަދު ފެށިއިރު، ކީރިތި ގުރުއާނާބެހޭ މަރުކަޒާއި އޭދަފުށީ ކައުންސިލް ގުޅިގެން މިދިޔަ މަހު މިރަށުގައި ވަނީ ގުރުއާން ހިތުދަސްކޮށްދިނުމަށް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.