މި އަހަރުގެ ކަލާސް އެވޯޑު ގޮއިދޫ ސްކޫލުގެ އަށް ދަރިވަރަކަށް

މިއަހަރުގެ ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ދަރިވަރުން ޕްރިންސިޕަލާއެކު ފޮޓޯއަކަށް ހުއްޓިގެން

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑު” ގޮއިދޫ ސްކޫލުގެ އަށް ދަރިވަރުން ހޯދައިފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ ކަލާސް އެވޯޑް ހަފުލާގައި ގޮއިދޫ ސްކޫލުން މި އެވޯޑް ހާސިލުކުރީ މަރިޔަމް ނަޒާހަތު އާއި ރަފްހާ ސަމީރު އާއި ޒަހާ ނިޔާޒު އާއި އިސްމާއިލް އަޖުލާން އާއި ޝިރުހާން އަލީ އާއި އާމިނަތު ރުދައިނާގެ އިތުރުން ސާނިޔާ އަހްމަދު ނިޒާމު އަދި މައީޝާ އަބްދުލް ހަންނާނު އެވެ.

މީގެ ތެރެއިން ރުދައިނާ އާއި ސާނިޔާ އަކީ ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން މިހާރު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

މި ދަރިވަރުން ކަލާސް އެވޯޑް ހާސިލުކުރީ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުންނާއި، މައިލޯ އިންޓަ ސްކޫލު ވޮލީ މުބާރާތުންނާއި އިންޓަ ސްކޫލު ބީޗު ވޮލީ މުބާރާތުން ހޯދި ކާމިޔާބީތަކުންނެވެ.

ކަލާސް އެވޯޑު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އެ އެވޯޑު ދޭން ފެށުމުން ކުޅިވަރުގެ ދާއިރާ އަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 169 ދަރިވަރުން ހޯދައިފަ އެވެ. މިދިޔަ އަހަރުވެސް ގޮއިދޫ ސްކޫލުގެ 7 ދަރިވަރުން ވަނީ މި އެވޮޑް ހާސިލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ކާމިޔާބީ ލިބުނު ލޮބުވެތި ހުރިހާ ދަރިވަރުންނާއި ނިޒާމް ސަރ ގެ ޓީމަށް ވަރަށް ބޮޑަށް މަރުޙަބާ! ކުޅިވަރުގެ މައިދާނުގައި ތިޔައީ ފަޚުރުވެރި ނަމޫނާ ސްކޫލެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.