ތިމަރަފުށި ބަލިކޮށް ހިތާދޫ ފައިނަލަށް

ހިތާދޫ ފުޓްބޯޅަ ޓީމު

1-0 އިން ތ. ތިމަރަފުށި ބަލިކޮށް އަތޮޅުތަކުގެ ޓީމުތަކުގެ މެދުގައި މާލޭގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް އެޗް.އޭ.އެފް އައިލެންޑް ކަޕް 2017 ގެ ފައިނަލަށް ހިތާދޫ ޓީމު ދަތުރު ކޮށްފި އެވެ.

ސެމީފައިނަލުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ފަހު ހާފުގައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ބޯޅަތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލަފަ އެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލް ހިތާދޫ ޓީމަށްފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިޔާ އަހުމަދު ހުސެއިން (އަންމަޓޭ) އެވެ.

ފައިނަލުގައި މާދަމާ ހަވީރު ހިތާދޫ ޓީމް ނިކުންނާނީ މާލެ އާ ދެކޮޅަށެވެ.

ހިތާދޫ ކުއާޓާއަށް ދިޔައީ ކުޅުނު 4 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެން ގުރޫޕް “ސީ” ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ސެމީއަށް ގޮސްފައިވަނީ 4 ލަނޑު 2 ލަނޑުން ރ.އިނގުރައިދޫ ގެ މަޗައް ކުރިހޯދައިގެންނެވެ. ހިތާދޫ ޓީމްވަނީ މާލެއާއި ވާދަކޮށް ގުރޫޕް ސުޓޭޖްގައި ތިނެއް ދެއަކުން ބަލިވެފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ހިތާދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.