ދިރާގު ފައިބާ ބްރޯޑްބޭންޑް ގެ ޚިދުމަތް އިތުރު ފަސް ރަށަކަށް

ދިރާގުން ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް އަރިއަތޮޅުގައި ދޭޏް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ފޯރުކޮށްދޭ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ފަސް ރަށަކަށް ހިދުމަތް ފޯރުކޮށްދީފި އެވެ.

އެ ހިދުމަތް ފޯރުކުރެވުނު ރަށްތަކަކީ އދ. ދަނގެތި، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި އަދި އއ. ބޮޑުފުޅަދޫ އެވެ. އެ ރަށްރަށުގައި ވެސް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައިވެ އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ފައިބާ ހިދުމަތަށް އެދޭ ފަރާތްތަކަށް، ފައިބާ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ދިރާގުން ފޯރުކޮށްދޭނެއެވެ. ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެއް ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.

ދިރާގުން ފައިބާ ނެޓްވޯކް ގާއިމްކޮށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ ވ. ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ބ. ދަރަވަންދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.