ހައްރާފު މިސްރުގެ މިއުޒިކް ފެސްޓިވަލުގައި

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު މިސްރުގައި ޕަފޯމް ކުރަނީ. ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

މިސްރުގައި އޮތް ފެސްޓިވަލެއްގައި އާންމުންގެ މެދުގައި މަގުބޫލު ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު ސިދުގީ (ހައްރަ) ޕަފޯމް ކޮށްފި އެވެ.

ބ. އޭދަފުއްޓަށް އުފަން ހައްރާފު އޯލެވެލް ނިންމުމަށްފަހު ރާޅުގަނޑު ބޮޑުބެރު ގްރޫޕާ ގުޅުނީ 2015 ވަނަ އަހަރު އެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު . ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

މިސްރުގެ ކަލްޗަ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި “އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން” އޮތީ މިހަމަހުގެ 20-27 އަށެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު މިސްރުގައި ޕަފޯމް ކުރަނީ. ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

ކައުޗް ސާފިން އިޖިޕްޓްގެ އެހީތެރިކަމާ އެކު މިއީ މި ފެސްޓިވަލް ބޭއްވި ދިހަ ވަނަ އަހަރަށެވެ. މި މިއުޒިކް ފެސްޓިވަލްގައި ބޭނުން ކުރީ ހަމައެކަނި ސަގާފީ ހެދުމާއި، މިއުޒިކު ކުޅެން ބޭނުން ކުރާ ސަގާފީ އާލާތްތަކެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު މިސްރުގައި ޕަފޯމް ކުރަނީ. ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

މި ފެސްޓިވަލުގައި މިއަހަރު ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ލިބުނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕަށެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު މިސްރުގައި ޕަފޯމް ކުރަނީ. ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

ވަރުނުލާ ރާގުގަނޑު ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ގުޅިގެން މި ބޭންޑް އުފެއްދީ 2010 ވަނަ އަހަރު “ވަރުނުލާ ބޮޑުބެރު ގްރޫޕް”ގެ ނަމުގަ އެވެ. ނަމަވެސް ހަ އަހަރު ފަހުން ވަނީ އެ ގްރޫޕުގެ ނަން “ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް” ރިބްރޭންޑްކޮށްފަ އެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕް މިސްރުގައި

ވަރުނުލާ ބޮޑުބެރު ގްރޫޕުން ވަނީ ބޮޑުބެރުގައި މިހާތަނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އަދި އެ ގްރޫޕުން އަންނަނީ މާލެ އާއި އަތޮޅު ތެރޭގައި ފޯރި ގަދަ ޝޯތައް ވެސް ދެމުންނެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު މިސްރުގައި ޕަފޯމް ކުރަނީ. ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

މިދިޔަ އަހަރު މިސްރުގެ ކަލްޗަ މިނިސްޓްރީން ބޭއްވި “އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން” ގައި ރާއްޖޭން ބައިވެރިވީ މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕާއެކު ހައްރާފު މިސްރުގައި ޕަފޯމް ކުރަނީ. ފޮޓޯ/ ރާޅުގަނޑު ބޮޑުބެރު ގްރޫޕް

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.