ދިވެހި ކުޅިވަރަށް އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި ބޭއްވި ވެޓަރަންސް ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޓްރަސްޓީސް ބަލިކޮށް ގޮއިދޫ ޓީމުން ހޯދައިފި އެވެ.
މާލޭ ބީޗު ކޯޓުގައި ރޭ ކުޅުނު ފައިނަލު މެޗު ގޮއިދޫ އަންހެން ޓީމު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
ރޭގެ މެޗުގެ ސެޓުތައް ގޮއިދޫ ޓީމުން ގެންދިޔައީ 21-20 އަދި 21-17 އިންނެވެ.
ގޮއިދޫ އަންހެން ވޮލީ ޓީމުން ވަނީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން މާލޭ ޒުވާނުންގެ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި އެއްދުވަހުގެ ވޮލީ މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ.