ބީއެމްއެލް ބްރާންޗުތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލަނީ

ބީއެމްއެލް ބްރާންޗުތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލަނީ

ރާއްޖޭން ބޭރަށް ދަތުރު ކުރާ މީހުންނަށް ޑޮލަރު ވިއްކަން، ބޭންކުގެ ބްރާންޗު ތަކުން ޑޮލަރުގެ ބުކިން ހެއްދުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

ބީއެމްއެލްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ޔޫއެސް ޑޮލަރު ފަސޭހަ ކަމާއެކު ފޯރު ކޮށްދިނުމަށްޓަކައި ބީއެމްއެލްއިން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮންލައިންކޮށް ޑޮލަރު ބުކް ކުރެވޭނެ ސިސްޓަމެއް ތައާރަފު ކޮށްފައިވާ ކަމަށާ، މި ސިސްޓަމް ތައާރަފް ކުރުމާއެކު ދަތުރުވެރިން ޑޮލަރު ގަތުމަށް ބޭންކްގެ ބްރާންޗްތަކުގައި ކިޔޫގައި ޖެހިގެން ތިބެން ނުޖެހި، ފުރުމުގެ ކުރިން އެއާޕޯޓުން ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔަ ކަމަށެވެ.

އަދި އޮންލައިން ބުކިން ސިސްޓަމްގެ ކާމިޔާބާއެކު ބީއެމްއެލް އިން 1 ނޮވެމްބަރު 2017 އިން ފެށިގެން ބްރާންޗް ތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންޓަރުތަކުން ބުކިން ހެއްދުން ހުއްޓާލިނަމަވެސް، އޮންލައިންކޮށް ބުކިން ހެދުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ކަސްޓަމަރުންނަށް ބީއެމްއެލްގެ ބްރާންޗް ތަކުން ޑޮލަރު ބުކިން އަދިވެސް ހަދައިދެމުން ދާނެ ކަމަށެވެ. އަދި ހަނިމާދޫ އަދި ގަން އެއާޕޯޓުން ފުރާ ކަސްޓަމަރުންނަށް އެއާޕޯޓާއި އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ބުކިން ހެދުމުގެ ހިދުމަތް އަދި ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.