ފެނުގެ ހިދުމަތަށް އެދެން އިތުރު ފުރުސަތެއް

ބ. އޭދަފުށި މަގަކުން މީހަކު ބައިސްކަލެއްގައި ދުއްވާފައިދަނީ.

އޭދަފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ބޯފެނުގެ ނިޒާމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފެނުގެ ހިދުމަތަށް އެދުމުގެ މުއްދަތު އިތުރުކުރީ އޭދަފުށި ކައުންސިލުން ބުނިގޮތުގައި، ކުރިން ދިން މުއްދަތު ހަމަވިއިރު ފޯމު ނުފުރާ ގިނަ ފަރާތްތަކެއް ހުރުމާއެކު އެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެހެންވެ، ބޯފެނުގެ ނިޒާމަށް އެދުމުގެ ފުރުސަތު މިހާރު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ. އަދި މި މުއްދަތުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ހިލޭ ފެން މީޓަރު ގުޅައިދޭނެ ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިރަށުގައި 598 ގޭބިސީ ހުންނައިރު ފެނުގެ ހިދުމަތަށް އެދި މިހާތަނަށް 500އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އޯގަސްޓްމަހު އަމަލީ މަސައްކަތްފެށި މި މަޝްރޫއު އަންނަ އަހަރުގެ މާޗު މަހު ނިންމުމަށް ކޮންޓްރެކްޓަރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރަން ހަރަދު ކުރަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯނާއި ދިވެހި ސަރުކާރުންނެވެ. އެ މަޝްރޫއަށް 74.3 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މި މަޝްރޫއުގެ ތެރޭގައި އޭދަފުށިގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދެއްގައި ފެންހޮޅި ވަޅުލައި ރަށުގައި ފެން އުފައްދާ ޕްލާންޓެއް ބަހައްޓައި ފަސޭހަކަމާއެކު ރައްޔިތުންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.