ވެލާތަކެއް ގެންގުޅުނު މީހަކު ދޮޅު ލައްކަ ރުފިޔާ އިން ޖޫރިމަނާ

ރ. މާކުރަތު ގެއެއްގައި ގެންގުޅުނު ކުދި ވެލާތައް. ފޮޓޯ/އީޕީއޭ

މިދިޔަ އޯގަސްޓް މަހު ރ. މާކުރަތު ގެއެއްގައި ކުދި ވެލާތަކެއް ގެންގުޅުނު މީހާ 149،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވައިރަމެންޓް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖޭގައި ހިފައި އަދި ގެންގުޅުން މަނާ ވެލާތަކެއް މުހައްމަދު މުސްތަފާ، ހަކި، ރ. މާކުރަތު، ގެންގުޅުނުކަން ފުލުހުންގެ ބަޔާނުން އެނގެން އޮތް ކަމަށެވެ.

އީޕީއޭ އޭނާ ޖޫރިމަނާކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ. މުސްތަފާ 12 ކުދި ވެލާ ގެންގުޅެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭ އިން ވަނީ އެ ވެލާތައް ސަލާމަތްކޮށް ހަމަ އެދުވަހު މޫދަށް ދޫކޮށްލައިފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވެލާ ކަހަނބަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެތަކެތި ހިފައިގެން ގެންގުޅުމާއި ބިސްނެގުމާއި އެއްވެސް ގޯނާއެއްކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކާ އެކު އަޅާނެ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަލީ ހަމީދު

    އެ 12 ވެލާ މޫދަށް ދޫކޮއްލާފިއެއްނު. އެމަރައެއް ނުލައެއްނު. ކުދި ވެލާ ހިފާގެން އެއަށް ކާންދީގެން ތަންކޮޅެއް ބޮޑުވަންދެން ގެންގުޅެފަ މޫދަށް ދޫކޮއްލާނަމަ ހުރިހާ ވެލައެއްވެސް މިޔަރު ފަދަ ބޮޑެތި މަސްތަކުން ސަލާމަތް ވާނެ، ވެލާ ބިސްވަޅުން ނިކުމެގެން އެހާ ކުދި އިރުގަ މިހާ މިޔަރު ގިނައިރު އެއްމެ ވެލައެއްވެސް ސަލާމަތް ވާނެކަމަކަށް ނުބެލެވޭ، އޭނަ އެކުރީ ހަމަ ރަނގަޅުކަމެއް. އެކަމަކު އޭނަ އަށް އެލިބުނީ ބަދަލުގަ ކިހާބޮޑު ގެއްލުމެއް. ތިމާވެއްޓޭ އަނެކައްޗެކޭ ކިޔާގެން މިރާއްޖޭގަ މިކުރާ ކަމަކީ ރައްޔިތުން ފެލާލުން. މިހާރު ހަދާފަ ހުންނަ ގާނޫނު ތަކުން ރައްޔިތުންނަށް ލިބެނީ ބޮޑެތި ގެއްލުން. ބޮޑެތި ފާފަތަށް ކުރުމަށް ފުރުސަތު ލިބޭ ގާނޫނުތައް ހަދާފަ އެބަހުރި، އެކަމަކު މީ މުސްލިމު ގައުމެކޯ. މަށަށް އޮޅިއްޖެ. ތި ހަދާ ގާނޫނު ތަކުގެ ސިއްރަކީ ކޮބާތަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.