“އިންޓަނޭޝަނަލް ޝެފް ޑޭ” އޭދަފުށީގައި ފާހަގަ ކުރަނީ

ޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު:. ފޮޓޯ/މިހާރު

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ދުނިޔޭގެ ޝެފުންގެ ދުވަސް އޭދަފުށީގައި ފާހަގަކުރަން ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 20 ފާހަގަކުރަނީ ދުނިޔޭގެ ޝެފުންގެ ދުވަހުގެ ގޮތުގަ އެވެ. ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2004 ގަ އެވެ.

ދުނިޔޭގެ ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “ހެލްދީ ހީރޯ” އެވެ.

ސީޖީއެމު އިން ބުނި ގޮތުގައި މި ޝިއާރުގެ ދަށުން މި ދުވަސް ފާހަގަކުރަން އޭދަފުށީގައި ބާއްވާ މައި ހަރަކާތް އޮންނާނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިމަހުގެ 27 ވަނަ ދުވަހު ހަވީރު އެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ އެ ސްކޫލުގެ ގްރޭޑް 1-5 ގެ ދަރިވަރުންނަށް އެކަންޏެވެ.

މީގެ އިތުރުން ޝެފުންގެ ދުވަސް ފާހަގަކުރަން ގޮތުން، މިމަހު 28 ވަނަ ދުވަހު ބ. އަތޮޅަށް ހުޅުވާލައިގެން ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސީޖިއެމް އިން ބުނީ ފޭލި ޖަމިއްޔާ އާއި ގުޅިގެން އޭދަފުށީގައި މި ދުވަސް ފާހަގަ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މިކަމުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަލިބޭ ފަރާތްތަކަށް ތައްޓާއި މެޑަލް ވެސް ދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.