ދިގުފަރު ފަރަށް ސަފާރީއެއް އަރައިފި

ސަފާރީ ފަރަށް އެރުމުން އޭގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ. —

ބ. އަތޮޅު ދިގުފަރު ފަރަށް ސަފާރީއެއް އަރައިފި އެެވެ.

ޓޫރިސްޓުންނާއެކު އެ ފަރަށް އަރާފައިވަނީ “ސޮލެއިލް” ނަމަކަށް ކިޔާ ސަފާރީ އެކެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީއެއް ފަރަށް އަރައިގެން އުޅޭ ހާދިސާ ރިޕޯޓުކޮށްފައިވަނީ ފަތިހު 5:11 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިރިއު ސަފާރީގައި އަށް ފަތުރުވެރިންނާއި އަށް ފަޅުރުވެރިން ތިބި ކަމަށެވެ. އަދި ފަޅުވެރިންގެ ތެރޭގައި ފަސް ދިވެހިންނާއި ހަ ބިދޭސީން ތިބި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ފަރަށް އެރިިއިރު ސަފާރީގައި ތިބި ފަތުރުވެރިން، މިހާރުވަނީ ސަފާރީގެ ވެރިފަރާތުން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.

ކޯސްޓުގާޑުންނާއި ޑައިވަރުންގެ މިހާރު ދަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ފަރަށް އެރުމާއި ގުޅިގެން ސަފާރީއަށް ދިޔަވަމުންދާތީވެ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން މި ސަފާރީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ތަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.