ލައިވް މިއުޒިކާއެކު ކުޑަރިކިލު ބަޑިޔާ މިރޭ އޭދަފުށީގައި

ކުޑަރިކިލު ބަނޑިޔާ ގުރޫޕުން މިދިޔަ އަޟްހާ އީދުގައި އެރަށުގައި ސަގާފީ އައިޓަމެއް ހުށައަޅަނީ. އެ ގްރޫޕުގެ ޝޯ އެްއް މިރޭ އޭދަފުށީގައި އޮންނާނެ

ފަހަކަށް އައިސް ބ. އަތޮޅުގައި އުވެމުންދާ، ލައިވް މިއުޒިކާއި، ބަނޑިޔާ ޖެހުމުގައި މަޝްހޫރު ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާ ބަޑިޔާ ގްރޫޕުގެ ހާއްސަ ޝޯ އެއް މިރޭ އޭދަފުށީގައި އޮންނާނެ އެވެ.

އޭދަފުށީ ޕީޕީއެމް ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންގެ ގްރޫޕެއްގެ ގޮތުގައި މަޝްހޫރު “މުންޑް ކޯލިޝަން” އިން އިންތިޒާމްކޮށްގެން ބާއްވާ މި ޝޯ އޮންނާނީ ދެނުކު ފަރާތު ހިއްކި ބިމުގަ އެވެ. ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގަ އެވެ.

އެ ގްރޫލުން ވާހަކަ ދެއްކި އަބްދުއްސަމަދު ބުނީ މިއީ އޭދަފުށީ ރައްޔިތުން މުނި ފޫހި ފިލުވާލުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްކަމަށެވެ.

އަޅުގަނޑުމެން ބޭނުންވަނީ އޭދަފުށި ރައްޔިތުން ހިތްހަމަ ޖެހިލައިގެން ކުޑަރިކިލު މީހުން އެޖަހާ ބަނޑިޔަލާ، ލައިވް މިއުޒިކް އޭދަފުށީ ރައްޔިތުން ބަލާލުމުގެ ފުރުަތު ހޯދައިދޭން .ހަމަ އެކަނި މުނި ފޫހި ފިލުވާލުމަށް ކުރާކަމެއް މިއީ”

ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާ ބަޑިޔާ ގްރޫޕަކީ މިހާރު މިއަތޮޅުގައި ފޯރީގައި ޝޯ ތައް ދެމުން އަންނަ ގްރޫޕެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.