ދިރާގުން މޮބައިލް ޕްލޭން ހެދޭ ގޮތަށް އެޕްލިކޭޝަނެއް “މަމެން” ގެ ނަމުގައި ލޯންޗްކޮށްފި އެވެ.
‘ދިރާގު ޔޫތު ފެސްޓް 2017’ގެ ނަމުގައި އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ވޯޓާ ސްޕޯޓްސް ކުޅިވަރު އިވެންޓުގެ ތެރެއިން “މަމެން”ގެ ނަމުގައި ތައާރަފްކުރި އެ ހިދުމަތުގެ އެހީގައި އެމީހަކު އަމިއްލައަށް ބޭނުންވާ ގޮތަކަށް މޯބައިލް ޑާޓާ، މިނެޓް އަދި އެސްއެމްއެސް އެކުލެވޭ މޯބައިލް ޕްލޭނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ދިރާގުން ބުނީ، ވަރަށް އަވަހަށް ކަސްޓަމަރުންނަށް އެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށެވެ.
މި ޕްލޭނަރ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން މަމެންގެ ފުރަތަމަ 100 ކަސްޓަމަރުންނަށް ވަނީ ހިލޭ ސިމް އަދި 10 ޖީބީގެ އިންޓަނެޓް ޕެކޭޖެއް ދީފައެވެ.
އޭގެ އިތުރުން އެ ފެސްޓިވަލްގައި ދިރާގުން ވަނީ އެ ކުންފުނިން މުޅިން އަލަށް ތައާރަފްކުރި މޯބައިލް ގޭމެއް ކަމުގައިވާ އާރްބީ ކުއެސްޓް ގޭމް ޑައުންލޯޑްކޮށް އެ ގޭމް ކުޅުނު ކަސްޓަމަރުންގެ މެދުގައި ނެގުނު ގުރުއަތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައެވެ.