އާރޯ ފުޓްސެލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރައުޝަން އަށް

ފައިނަލް މެޗުގައި ރައުޝަން ކުޅެނީ، ފޮޓޯ-ޕީއެސްއެމް

މިނިވަން މުއައްސަސާތައް ގުޅިވަޑައިގެން، އިޖްތިމާޢީ ކަންކަން ކުރިއަށް ހިންގެވުމަށް ފެއްޓެވި ޙަރަކާތް “އާރޯ”އިން މާލޭގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ އަންހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔެސް ޓީވީގެ އާމިނަތު ރައުޝަން އިމާދު ހޯދައިފި އެވެ.

މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ރައުޝަން ވަނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އޭގެ އިތުރުން ބައެއް މެޗުތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑްރީމް ޓީމުގައި ވެސް އޭނާ ވަނީ ހިމެނިފައެވެ.

ޕީއެސްއެމް ގައި އެސިސްޓެންޓް މެނޭޖަރ އިންޓަނޭޝަނަލް ރިލޭޝަންސް ގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ އޭދަފުއްޓަށް އުފަން ރައުޝަން ވަނީ މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގައި ޕީއެސްއެމް އަށް ކުޅެފަ އެވެ. އަދި މިއަހަރު އޮތް ކްލަބު މޯލްޑިވްސްގެ ފުޓްސަލް މުބާރާތުގައި އެޑިޔުކޭޝަންގެ ޓީމަށް ވެސް ކުޅެފަ އެވެ. އަދި އޭނާ ތައުލީމު ހާސިލުކުރި ޔުނިވަސިޓީގެ ފުޓްބޯޅަ ޓީމުގައި ވެސް ހިމެނިފައި ވެއެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޔެސް ޓީވީ ހޯދިއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އޭޖީ އޮފީހުންނެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ޔެސް ޓީވީ ހޯދީ ފައިނަލްގައި އޮޑިޓަރ ޖެނެރަލް އޮފީހާއި ވާދަކޮށް 1-0 ން މެޗު ކާމިޔާބުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް