ދަރަވަންދޫގައި އިތުރު ޤުރުއާން ކްލާހެއް ހުޅުވައިފި

ފެމެލީ ސްޓާއިން ދަރަވަންދޫގައި ހުޅުވި ގުރުއާން ކްލާސް ޝެއިޚް އަލީ ޒާހިރު ހުޅުވައިދެއްވަނީ– ފޮޓޯ/ފެމެލީ ސްޓާރ

ބ. ދަރަވަންދޫގައި ފެލެމީ އިންވެސްޓްމަންޓުގެ ދަށުން ހިންގަމުން އަންނަ ފެމެލީ ސްޓާގެ ފަރާތުން އެރަށުގައި ގުރުއާން ކްލާހެއް ހުޅުވައިފި އެވެ.

“އުސްރަތުލް ޤުރުއާން” ގެ ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ކްލާސް ހުޅުވައިދެއްވީ ގައުމީ ޔުނިވާސްިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑިން ޝެއިޚް އަލީ ޒާހިރު އެވެ. ޤުރުއާން ކްލާސް ހުޅުވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި އަލީ ރަމީޒް ވެސް ބައިވެރި ވަޑައިގެންނެވި އެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން ހުޅުވ މި ގްރުއާން ކްލާހުގައި 200 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީ ވެފައިވާ ކަމަށް ފެމެލީ ސްޓައިން ބުންޏެވެ. އެ ގުރުއާން ކްލާހުގައި ކިޔަވައިދެއްވާނީ ތަޖުރިބާ ހުރި ގާބިލު މުދައްރިސުން ކަމަށްވެސް ފެމެލީ ސްޓާ އިން ބުންޏެވެ.

“އުސްރަތުލް ޤުރުއާން” ކްލާސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ފެމެލީ ސްޓާރ

ފެމެލީ ސްޓާ އިން ބުނީ، އިންސްޓިޓިއުޓް އޮފް ޤުރުއާން ސްޓަޑީސް އާއި ގުޅިގެން އަންނަ ބޮޑު ޗުއްޓީގައި އެ ކްލާހުގައި އެމްކިޔުއޭ ގަބޫލުކުރާ ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ގެ ކޯސްތައް ވެސް ފަށާނެ އެވެ.

ފެމެލީ އިންވެސްތްމެންޓްގެ ދަށުން ފެމެލީ ސްޓާ ފިހާރައިގެ އިތުރުން ފެމެލީ ހިޔާގެ ނަމުގައި އެރަށުގައި ގެސްޓް ހައުސް ވެސް އަންނަނީ ހިންގަމުންނެވެ.

“އުސްރަތުލް ޤުރުއާން” ކްލާސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ފެމެލީ ސްޓާރ

ފެމެލީ ސްޓާއިން ދަރަވަންދޫގައި ގުރުއާން ކްލާހެއް ހުޅުވިއިރު، މިދިޔަ މަހު އެރަށު ބަދަ ޖަމިއްޔާގެ ފަރާތުން ވެސް ވަނީ ގުރުއާން ކްލާހެއް ހުޅުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.